22 May 2020 | 18:34
މުސްލިމުންނާއި ދެކޮޅު ގައުމެއްގެ ގޮތުގައި އިންޑިޔާ އެކަނި އެކަހެރިކުރުމަށް ރާއްޖެއިން ދެކޮޅު ހަދައިފި

މުސްލިމުންނާއި ދެކޮޅު ޚިޔާލުތައް ގެންގުޅޭ ގައުމެއްގެ ގޮތުގައި އިންޑިޔާ އެކަނި އެކަހެރިކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ދިވެހިރާއްޖެއިން ބުނެފިއެވެ.

އިންޑިޔާގެ ޒީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދާދިފަހުން ވާޗުއަލްކޮށް ބޭއްވި އޯއައިސީގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ވަނީ އިސްލާމަފޯބިކް ނުވަތަ އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅު ޚިޔާލުތައް ގެންގުޅޭ ގައުމެއްގެ ގޮތުގައި އިންޑިޔާ އެކަހެރިކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބުނެފައެވެ.

އެ ޚަބަރުގައި ބުނި ގޮތުގައި އޯއައިސީގެ ބައްދަލުވުމުގައި ދިން ބަޔާނުގައި ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި އޮތް އިންޑިޔާގައި 200 މިލިޔަނެއްހާ މުސްލިމުން ދިރިއުޅެމުންދާއިރު، އެގައުމަށް އިސްލާމަފޯބިކް ގައުމެއްގެ ތުހުމަތުކުރުމަކީ ދެކުނު އޭޝިޔާގެ ދީނީ އެއްބައިވަންތަކަމަށް އެޅިގެންދާނެ ބޮޑު ހުރަހެއްކަމަށް ބުނެފައެވެ. އަދި އެއީ މުޅިން ރަނގަޅުކަމެއްވެސް ނޫންކަމަށް ދިވެހިރާއްޖެއިން ވަނީ ބުނެފައެވެ.

ޒީނިއުސްއިން އިތުރަށް ބުނިގޮތުގައި ރާއްޖެއިން ވަނީ މީސް މީޑިޔާގައި ފަތުރަމުންދާ ޚިޔާލުތަކަކީ 1.3 ބިލިޔަން މީހުންގެ ޚިޔާލުކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށާއި، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންޑިޔާއިން ގިނަ އަދަދެއްގެ އިސްލާމީ ގައުމުތަކާއި އެކު ބަދަހި ގުޅުންތަކެއް ގާއިމްކޮށްފައިވާ ކަމަށްވެސް ބުނެފައެވެ. އަދި ދެކުނު އޭޝިޔާގެ ހުރިހާ ގައުމުތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ގޮވާލިކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް މިފަދައިން ދިވެހިރާއްޖެއިން ދިން ބަޔާނުގައި ބުނެފައި ނުވާނެކަމަށް ފޮރިން މިނިސްޓްރީގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

އޯއައިސީގެ މި ބައްދަލުވުމަށް އިންޑިޔާއިން މުސްލިމުންނާއި ދެކޮޅު ޚިޔާލުތައް ގެންގުޅޭކަމަށް ބުނެ މައްސަލަ ހުށައަޅާފައިވަނީ ޕާކިސްތާނުގެ ފަރާތުންނެވެ.

މި ޚަބަރާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އިސްލާމަފޯބިއާ އަކީ ސީރިއަސް މައްސަލައެއްކަމަށް ދިވެހިރާއްޖެއިން އެއްބަސްވާކަމަށާއި، އޯއައިސީގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ދިން ބަޔާނުގައި މިކަމާއި ގުޅިގެން ވަކި ގައުމަކަށް ޓާގެޓްކުރުމަކީ ހަގީގީ މައްސަލައަށް ނުބެލުންކަމަށް ބުނެފައިވާނެކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކަންބޮޑުވާފަދަ ދަރަޖައަކަށް ނަފްރަތާއި ނަސްލީ ތަފާތުކުރުންތައް ދުނިޔެއިން ދެކެފައިވާކަމަށާއި، އަނިޔާވެރިކަމަކީ ސިޔާސީ އަދި އެހެނިހެން އެެޖެންޑާތައް ކުރިއެރުވުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް ވެފައިވާކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ހިނގާ މިފަދަ އަމަލުތަކާއި ދިވެހިރާއްޖެއިން އަބަދުވެސް ދެކޮޅަށް އޮންނާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.