24 May 2020 | 19:38
ރަށެއްގެ މަލަމަތީގެ ދުވަސްވީ ގަސް ކަނޑާލައިފި

ރ.އިނގުރައިދޫގައި ހުރި ގިނަ ދުވަސްވީ ގަހެއް ކަނޑާލައިފިއެވެ.

ވޮއިސްއަށް އެރަށުން މައުލޫމާތުދިން ބައެއް ފަރާތްތަކަކުން މިއީ އިނގުރައިދޫގައި ހުރި އެންމެ ގިނަ ދުވަސްވީ ގަސްކަމަށް ބެލެވިދާނެކަމަށާއި، މިގަހަށް ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.

މިފަދަ ގިނަ ދުވަސްވީ ގަހެއް ކަނޑާލާފައިވަނީ އެރަށު ކައުންސިލާއި ކަމާއިބެހޭ އިދާރާތަކުގެ ހުއްދައާއި އެކުގައިކަންވެސް ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން ވޮއިސްއަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން ވިދާޅުވީ މި ގަސް ކަނޑާލަން ހުއްދަ ލިބިފައިވަނީ މިދިޔަ ސަރުކާރުގެ ތެރޭގައި ކަމަށާއި، ނަަމަވެސް އެކިއެކި ސަބަބުތަކާއި ގުޅިގެން އެކަން ލަސްވެގެން ދިޔައީކަމަށެވެ. އަބްދުﷲ ވަނީ މި ގަސް ކަނޑާލަން ޖެހުނު ސަބަބުތައް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ.

އެބޭފުޅާ ވިދާޅުވީ މި ގަސް ހުންނަ ސަރަހައްދުން މީގެ ގިނަ އަހަރުތަކެއް ކުރިން ގޯތި ދޫކުރެވިފައިވާއިރު، މިފަހުގެ އަހަރުތަކުގައި އެ ސަރަހައްދުގައި އުޅޭ މީހުންނަށް ގަހާއި ގުޅިގެން ބަައެއް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ނިކަގަހުގެ މޫތަކުގެ ސަބަބުން އެ ސަރަހައްދުގެ ގެތަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ދަތިތައް ދިމާވަމުންދާކަމަށް ވަނީ އަބްދުﷲ ވިދާޅުވިއެވެ.

އޭގެ އިތުރުން މިއީ ވާރޭ ވެހޭ މޫސުމް ކަމުގައިވާއިރު މިގަހުން ފައިބާ ފަތްތަކާއި ގަހުގައި އުޅޭ ވާތަކުގެ ސަބަބުން ކައިރީގައިވާ ގެތަކުގެ ފުރާޅު ހަޑިވެ، ފެން ނެގުމަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދި މި ގަސް ކަނޑާލަން ޖެހުނީ އިތުރު ގޮތެއް ނުފެނުމުންކަމަށްވެސް ވިދާޅުވިއެވެ.

ރަށްރަށުގައި ހުންނަ މިފަދަ ދުވަސްވީ ގަސްތައް ހިމާޔަތްކުރުމަށާއި، ތިމާވެށީގެ ދިފާއުގައި ގިނަ ވައުދުތަކެއްވުމަށްފަހު ވެރިކަންކުރާ ކޯލިޝަން ސަރުކާރުން އަންނަނީ ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތައް ތިމާވެއްޓާއި، ދުވަސްވީ މިފަދަ ގަސްތަކަށް ބެލުމެއް ނެތި ކަނޑަމުންކަން ފާހަގަކޮށްލަންޖެހެއެވެ. މިކަންކަމުގައި ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ބަހެއްލިބިފައިނުވިނަމަވެސް، ގަސް ކަނޑާލާފައިވަނީ އެ މިނިސްޓްރީން ދިން ހުއްދައަކަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވުމަށްފަހު ވަނީ ރ. އަތޮޅު ފައިނުގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓް، ގަސްކަނޑަންޖެހޭކަމަށް ބުނެ އެ ޕްރޮޖެކްޓް ކެންސަލްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.