ތިލަފުށީގައި ހަމަނުޖެހުންތަކެއް ހިނގައި، ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް!

02 Jun 2020 | 19:50

ސިނާއީ ރަށެއްކަމަށްވާ ތިލަފުށީގައި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ތިލަފުށީގައި މިއަދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތީގޮތުން 133 ބިދޭސީއަކު ގެންދެވުނުކަމަށެވެ. އަދި އޭގެ ތެރެއިން 7 މީހަކު ހައްޔަރުކުރުމަށްފަހު އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހަމަނުޖެހުންތަކުގެ ތެރޭގައި ދެ ފުލުހަކަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ރަސްމީގޮތުން އެނގިފައެއް ނުވެއެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މީގެ ދުވަސްތަކެއް ކުރިންވެސް ތިލަފުށީގައި ތިބި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ މުވައްޒަފުންތަކެއް ވަނީ މުސާރަ ނުލިބި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން އިހުތިޖާޖުތަކެއް ކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement