03 Jun 2020 | 18:15
އަނެއްކާވެސް އައިޖީއެމްއެޗްގެ މައްޗަށް ސިއްހީ އިހުމާލުގެ ބޮޑު ތުހުމަތެއް!

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސިއްހީ އެހެނިހެން މައްސަލަތަކަށް އިހުމާލުވަމުންދާކަމުގެ ތުހުމަތުތައް ގިނަވަމުންދާ ދަނޑިވަޅެއްގައި އަނެއްކާވެސް އިތުރު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެގޮތުން އައިޖީއެމްއެޗްގެ އިހުމާލުގެ ސަބަބުން މަޝްހޫރު އެތްލީޓް ޑރ.ހުސައިން ހަލީމް (ކުޑަ ހުސައިން)ގެ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ހަށިގަނޑުގެ ގުނަވަނެއް ނަގަން ޖެހުނު މައްސަލަ ރޭގެ ވަގުތެއްގައި އެބޭފުޅާ ވަނީ މީސް މީޑިޔާގައި ހާމަކުރައްވާފައެވެ.

އެގޮތުން މެއި 27ވަނަ ދުވަހުގައި ދަރިފުޅުގެ ގައިގެ ގުނަވަނެއްގައި ރިއްސާތީ އައިޖީއެމްއެޗްގެ އިމަރޖެންސީއަށް ދަރިފުޅު ގޮވައިގެން ކުޑަހުސައިން ވަޑައިގެންނެވިއެވެ. އެވަގުތު އެތަނުގައި ހުންނެވި ޑޮކްޓަރ ދަރިފުޅު ބެއްލެވުމަށްފަހު، މައްސަލައެއް ނެތްކަމަށް ބުނެ ބޭސް ދިނުމަށްފަހު ފޮނުވާލިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެއަށްފަހު 30މެއި ވީ ދުވަހުގެ ދަންވަރު ރިއްސުން ބޮޑުވެ ދުޅަވެފައި ވުމުގެ ސަބަބުން ދަރިފުޅާއި އެކު އަނެއްކާވެސް ޑރ.ހުސައިން އިމަރޖެންސީއަށް ވަޑައިގެންނެވިއެވެ. އެފަހަރު ބެއްލެވި ޑޮކްޓަރު ހުސައިންގެ ދަރިފުޅުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ވީހާވެސް އަވަހަށް ސްކޭނެއް ހައްދަވަން ބޭނުންފުޅުވާކަމަށް ޑޮކްޓަރު ވިދާޅުވިކަމަށް އެބޭފުޅާ ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައިވެއެވެ. ނަމަވެސް ކޮވިޑް ޓެސްޓްގެ ނަތީޖާ ނުލިބެނީސް ސްކޭނެއް ނެހެދޭނެކަމަށް ޑޮކްޓަރ ވިދާޅުވެ، ޓެސްޓް ހެދިކަމަށް ހުސައިން ވިދާޅުވިއެވެ. އަދި ކޮވިޑް ޓެސްޓްގެ ނަތީޖާ ނުލިބުނަސް އެ ދުވަހުގެ ހެނދުނު ނުވައެއް ޖަހާކަށްހާއިރު ސްކޭން ހެއްދޭނެތޯ ބައްލަވާނެކަމަށް ޑޮކްޓަރ ވިދާޅުވިކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު ދެފަރާތުގައި ދެމެދު ކުރެވުނު މަޝްވަރާތަކުން ގެއަށް ގޮސް ނިދާލުމަށްފަހު އެ ދުވަހުގެ ހެނދުނު ނުވައެއް ޖަހާކަށްހާއިރު އަނބުރާ ހޮސްޕިޓަލަށް ހުސައިން އާއި އެބޭފުޅާގެ ދަރިފުޅު އަންނަ ގޮތަށް ހަމަޖެހިގެން ދިޔައެވެ. ނަމަވެސް ހެނދުނު ދިއުމުން ކޮވިޑް ޓެސްޓްގެ ނަތީޖާ ނުލިބެނީސް ޓެސްޓް ނެހެއްދޭނެކަމަށް ހޮސްޕިޓަލުން އެންގިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ހުސައިންގެ ދަރިފުޅުގެ ކޮވިޑް-19 ޓެސްޓްގެ ނަތީޖާ ލިބުނީ އެރޭ އަށެއް ޖަހާކަށްހާއިރުގައެވެ.

އެއަށްފަހު މެއި 31ވަނަ ދުވަހުގައި ސްކޭނެއް ހެއްދުނެވެ. އެހެނަސް އޭރު ވަނީ ވަގުތު ފާއިތުވެފައެވެ. ހުސައިންގެ ދަރިފުޅުގެ ގުނަވަނަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިފައި ވުމުން، ޖެހުނީ އޮޕަރޭޝަން ކުރާށެވެ. މިކަމާއި ގުޅިގެން އެބޭފުޅާ ވަނީ ފަރުވާ ކުޑަ ކުރި ޑޮކްޓަރުންނާ މެދު ދައުވާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.