09 Jun 2020 | 11:47
އެސްޓީއޯއިން ގިނަ އަދަދެއްގެ ފިޔާ، އަލުވި އަދި ބިސް އުކާލަނީ!

އެސްޓީއޯއިން ގިނަ އަދަދެއްގެ ފިޔާ، އަލުވި އަދި ބިސް އުކާލަމުން އެބަގެންދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ރާއްޖެއަށް މި ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިލާންޖެހި، އަގުތައް އިންތިހާއަށް އަރާފައިވެއެވެ. މިއާއެކު އަވަށްޓެރި އިންޑިއާއިން ވަނީ މޭ 15 ވަނަ ދުވަހު 26 ޓަނުގެ ފިޔާ، 14 ޓަނުގެ އަލުވި ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވާފައެވެ.

އެސްޓީއޯއިން ގިނަ އަދަދަކަށް ފިޔާ އަލުވި އަދި ބިސް އުކާލަމުން ދާ ސަބަބު ހޯދުމަށް އެސްޓީއޯގެ މީޑިއާ އޮފިޝަލްއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކުންފުނީގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.

ވެމްކޯގެ އޮފިޝަލްއެއް ވޮއިސް އަށް ކިޔައިދިންގޮތުގައި އެސްޓީއިން ކޮންމެ ދުވަހަކު ގޮތަކަށް މިފަހުން ކުނިވެފައި ހުންނަ ފިޔާ، ބިސް އަދި އަލުވި ގެންނަމުން ދާތީ ކުނި ވާޒާތުގެ އެއްޗިސް އުފުލާ އުފުލި ކޮންމެ ރެއަކު ވެސް މިހާރު ކުނި އުފުލަމުން އަންނަކަމަށެވެ.


ވޮއިސް ގެ ނޫސްވެރިން ވެމްކޯ ސަރަހައްދުގައި ހަރަކާތްތެރިވި ވަގުތުވެސް އެސްޓީއޯގެ ބޮޑު ޕިކަޕެއްގެ ކުނިވެފައި ހުރި ތަކެތި ގެނެސްފައިވާތަން ފެނިފައިވެއެވެ. އަދި ވެމްކޯ އުފުލި ފުރިފައިވަނީ އެސްޓީއޯއިން ގެނެސްފައިވާ ކުނިންކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އިޤްތިސާދީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ މި ދަނޑިވަޅުގައި މި ފަދަގޮތަކަށް ބޮޑު އިސްރާފެއް ވެގެން ދިޔުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ހިލޭ ރަށްރަށް ނުވަތަ ފިހާރަތަކަށް ބަހާލުން މި ހާލަތުގައި އެއީ ސަރުކާރުގެ ވިޔަފާރި ކުންފުނިން މިތަކެތި ކުނިވަންދެން ބެހެއްޓުމުގެ ބަދަލުގައި ކުރެވިދާނެކަމެއްކަމަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.
17 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް މުޢިއްޒަށް ދިނުމަށް ގަރާރެއް ހުށަހެޅައިފި
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ރަސްމީކޮށް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެކަމާ މެދު ގޮތެއް ނިންމުން ކުރިއަށް އެބައޮތެވެ.
17 Sep 2026
ހޫތީންނާ އެމެރިކާގެ އޮފިޝަލުންގެ ސިއްރު ބައްދަލުވުމެއް
ޔަމަނުގެ ހޫތީން އޮމާންގައި އެމެރިކާގެ އޮފިޝަލުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށް، އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަސް މަސްދަރަކުން ހާމަކޮށްފިއެވެ.
17 Sep 2026
ޖަޕާނުގައި 100 އަހަރުން މަތީ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ
މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 8,000 މީހުންގެ އިތުރުވުމެކެވެ. އެ ޤައުމުގެ އެންމެ ދުވަސްވީ އަންހެން މީހާއަކީ ކިޔޯޓޯއަށް ނިސްބަތްވާ ޢުމުރުން 114 އަހަރުގެ ފޫޔޯ ކިޝިމޯޓޯއެވެ. އެންމެ ދުވަސްވީ ފިރިހެން މީހާއަކީ ކުމަމޯޓޯގެ 112 އަހަރުގެ ހިކާރޫ ކާޓޯއެވެ.
17 Sep 2026
އުނގޫފާރުގައި ސާޖިކަލް ކޭމްޕެއް އިފްތިތާހުކޮށްފި
ޞިއްޙީ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން 11 ސްޕެޝަލިސްޓުންގެ ޓީމަކާ އެކު ތިން ދުވަހުގެ ސާޖިކަލް ކޭމްޕެއް އުނގޫފާރުގައި ފަށައިފިއެވެ.
17 Sep 2026
ނޭޕާލަށް އެހީވުމަށް 255,000 ރުފިޔާ ހޯދައި ރެޑް ކްރެސެންޓާ ހަވާލުކޮށްފި
މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއާރުސީގައެވެ. ނޭޕާލް އެއިޑް އިނީޝިއެޓިވްގެ ދަށުން ހިންގި މި ހަރަކާތަށް ފައިސާ ހޯދާފައިވަނީ ސިއްޙީ ދާއިރާގެ ޖަމިއްޔާތަކާއި ވަކިވަކި ޑޮކްޓަރުންނާއި ޢާންމު ރައްޔިތުންގެ ދީލަތި އެހީތެރިކަމާ އެކުގައެވެ.
17 Sep 2026
ފުރިހަމައަށް މައުލޫމާތު ހާމަކުރި ދައުލަތުގެ 5 ވަނަ ކުންފުންޔަށް އެމްޑަބްލިއުއެސްސީ
މިކަން ހާމަކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައެވެ.