ޑރ.މުއިއްޒު މާދަމާ ފުލުހަށް ހާޒިރުކުރަނީ
މިދިޔަ ސަރުކާރުގައި ހައުސިންގ މިނިސްޓަރގެ މަގާމު އަދާކުރެއްވި ޑރ.މުހައްމަދު މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ވޮއިސްއާއި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ޑރ.މުއިއްޒު ވިދާޅުވީ މާދަމާ ރޭ 20:15 ގައި ފުލުހަށް ހާޒިރުވާން އެބޭފުޅާއަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ.
އެބޭފުޅާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ނޫމަޑިއަށް ބަދަލު ދޭން ޖެހުނު މައްސަލައިގައެވެ. ޑރ.މުއިއްޒު ވިދާޅުވީ ފުލުހަށް ވަޑައިގަންނަވާނެ ކަމަށާއި ތަހުގީގަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
-ތަފްސީލް އަންނަނީ-
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް