Advertisement

އެމްއާރްއެމްއަށް ޖާގަ ދިނުމަށް އިތުރު މިނިސްޓްރީއެއް އުފައްދަނީ!

16 Jun 2020 | 15:48

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ދީފައިވާ މިނިސްޓްރީ އުވާލުމާއެކު އޭގެ ބަދަލުގައި އިތުރު މިނިސްޓްރީއެއް އުފެއްދުމަށް އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ދިން އެމްއާއެމްގެ އިސް އޮފިޝަލެއް މައުލޫމާތު ދިންގޮތުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލެއްވީ ހައުސިން މިނިސްޓަރަކަށް އެމްއާރްއެމްއިން ނަން ފޮނުއްވާ ބޭފުޅަކު ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ނަމެއް ފޮނުވަން ނިންމާފައިވަނިކޮށް ކަމަށެވެ.

"ރައީސް ޞާލިހް ވަނީ އެމްއާރްއެމްއަށް ދޭން އެއްބަސްވެފައިވާ އަދަދަށް ކެބިނެޓްއިން ޖާގަދޭނެކަން ކަށަވަރުކަން ދެއްވާފަ. ސަރުކާރުން އިތުރު މިނިސްޓްރީއެއް އުފެއްދުމަށް ފަހު ދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައި" އެމްއާރްއެމްގެ އޮފިޝަލް މައުލޫމާތުދެއްވިއެވެ.

އަލަށް އުފައްދަވާ މިނިސްޓްރީއަކީ މިހާރުވެސް ސަރުކާރުގެ މިނިސްޓްރީއެއްގެ މަސައްކަތް ބައިކުރެއްވުމަށްފަހު އުފައްދާ މިނިސްޓްރީއެކެވެ.

މައުލޫމާތު ލިބޭގޮތުގައި އަލަށް އުފައްދާ މިނިސްޓްރީއަކީ ޖެންޑަރ މިނިސްޓްރީގެ ދަށުން މިހާރު ހިނގާ ބައެއް މަސައްކަތްތައް ކުރުމަށް އުފައްދާ މިނިސްޓްރީއެކެވެ.

ޖެންޑާ މިނިސްޓްރީއަކީ މެންޑޭޓް ބޮޑުވުމުގެ ސަބަބުން ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ މިނިސްޓްރީއެކެވެ.

އިބްރާހިމް މުހައްމަދު ޞާލިހްގެ ކެބްނެޓުގައި ފުރަތަމް ޖެންޑާ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ އަދާލަތް ޕާޓީގެ ބޭކަނބަލެއްކަމުގައިވާ ސިދާތާއެވެ. އެއައްފަހު އެކަމަނާގެ އިތުބާރު ނެތްކަމުގެ ވޯޓަކާއި ދިމާލަށް މަޖިލީހުން މިސްރާބު ޖެހުމާއެކު އެކަމަނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އެކަން ރައީސް އޮފީހުން ހާމަކުރީ މިއަދު އެވެ. އަދި އެކަން ހާމަ ކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ފަހުން އެ މިނިސްޓްރީ އުވާލެއްވިކަން ރައީސް އިއުލާން ކުރެއްވި އެވެ.

އެއަށްފަހު ރައީސް ސޯލިހު ނިންމާފައި ވަނީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާށެވެ.

ޕްލޭނިން މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ މުހައްމަދު އަސްލަމެވެ. އާ މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރައްވާނީ އަސްލަމެވެ.

Advertisement

ކޮމެންޓް