12 Jun 2020 | 05:14
ޖޫން 15 އިން ފެށިގެން ލޮކްޑައުނަށް ވަރަށް ބޮޑެތި ލުއިތަކެއް!

މި ފެށޭ  ހަފްތާގެ ހޯމަ ދުވަސްކަމުގައިވާ ޖޫން 15ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ވަރަށް ބޮޑެތި ލުއިތަކެއް ދޭން ނިންމައިފިއެވެ. 

މިކަން އިއުލާންކޮށްފައިވަނީ މިރޭ އޮތް ނޫސްވެރިންގެ ބައްެދަލުވުމެއްގައި ވާހަކަދައްކަވަމުން  ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ އެވެ.

ޝައިނާ ވިދާޅުވީ ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެން ކުރިން ހުއްދަ ނެގުމަކާއި ނުލައި ކޮންމެ ދުވަހެއްގެ ފަތިހު ފަހަކުން ރޭގަނޑު ދިހައެއް ޖަހަންދެން ބޭރުގައި އުޅުމުގެ ހުއްދަ އޮންނާނެކަމަށެވެ. މިގޮތަށް އުޅޭއިރުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެކުގައި ބޭރު ތެރޭގައި ނޫޅުމަށް ވަނީ އިރުޝާދު ދީފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ހުއްދައަކާއި ނުލައި ނުކުމެ އުޅެވޭނެ ވަކި ވަގުތުތަކެއް ކަނޑައަޅާފައިވާ ނަމަވެސް، ބޭރު ތެރޭގައި ހަރަކާތްތެރިވެ ހެދުމަށް ވަކި އުމުރުފުރާތަކަކަށް ވަނީ ވަކި ޚާއްސަ ވަގުތުތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން އުމުރުން ދުވަސްވީ ފަރާތްތަކަށް ބޭރަށް ނުކުމެ ކަސްރަތު ކުރެވޭނެ ޚާއްސަ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަތިހު ފަހަކުން ހެނދުނު އަށަކަށެވެ. ބޮޑުމީހަކާއި އެކު ކުޑަކުދިންނަށް ނުކުމެވޭނެ ގަޑިއަކަށް ހަވީރު ހަތަރަކާއި ހަޔަކާއި ދެމެދު ހަމަޖައްސާފައިވާއިރު، ކަސްރަތު ކުރާ ފަރާތްތަކަށް ވަނީ ހަވީރު ހަޔަކާއި ރޭގަނޑު ނުވައަކާއި ދެމެދު ހަމަޖައްސާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މުއްދަތުގައި އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދޫކުރާ ރީޓެއިލް ހުރިހާ ފިހާރައެއް ހިންގުމުގެ ހުއްދަ އޮންނާނެއެވެ. މިގޮތުން ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ފިހާރަތައް އޮޕަރޭޓް ކުރެވޭނެ ގަޑިއަކީ ހެނދުނު ނުވައަަކުން ރޭގަނޑު ނުވައަކަށެވެ. އަދި ޑެލިވަރީގެ މަސައްކަތް ކޮންމެ ދުވަހެއްގެ އެގާރަ ޖަހަންދެން ކުރިއަށް ގެންދެވޭނެއެވެ.

މިގޮތަށް ހުޅުވާލާ ފިހާރަތަކުގެ ބޭރުގައި އެއް ފަހަރާ ފިހާރައަށް ވަދެވޭނެ މީހުންގެ އަދަދު އެނގޭނެހެން ހުންނަން ވާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖޫންމަހުގެ 15ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ރެސްޓޯރެންޓްތަކާއި ކެފޭތައްވެސް ޑެލިވަރީ އަދި ޓޭކްއަވޭއަށް ހުޅުވާލެވޭނެއެވެ. ޕިކަޕް، ޓެކްސީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމް ޚާއްސަ މިންގަނޑުތަކެއްގެ ތެރެއިން ހުޅުވާލާއިރު، ޕާކްތައްވެސް ހުޅުވާލަން ވަނީ ނިންމާފައެވެ. 

ޝައިނާވަނީ މި ފަސޭހަތަކާއި އެކުގައިވެސް އަތުގެ ސާފުތާހިރުކަމަށާއި އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރުމަށް ސަމާލުކަންދީ، މާސްކް އެޅުމަށް އިރުޝާދު ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ