13 Jun 2020 | 22:50
ދާއިރާގެ ކުރިއެރުމަށް ރ. އަތޮޅުގައި އިތުރު އެއާޕޯޓް އަޅަންޖެހޭ: އިނގުރައިދޫ ކައުންސިލްގެ ނައިބް ރައީށް

މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އާޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވީނަމަވެސް، ސަރުކާރުން އެކުލަވާލައިވާ ނޭޝަނަލް އެއާކަނެކްޓިވިޓީ ޕްލޭންގައި އެއާޕޯޓު އަޅާނެ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށާއި އެ ޕްލޭންގައި ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ހިމަނާފައި ނުވާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ހާމަކުރުމުން އެކަމާ ކަނބޮޑުވެ ހިތާމަކުރައްވާކަމަށް ރ. އިނގުރައިދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ހަސަން ވިދާޅުވެއްޖެއެވެ.

"ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ހަސަން ވިދާޅުވީ ރ އަތޮޅު އެއާޕޯޓް އެޅުމާ ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އެޕޮއިންޓްމަންޓްއަކަށް އެދިލައްވައިގެން އުޅޭތާ 9 މަސްވެގެންދިޔަ އިރުވެސް ބައްދަލުވެފައިނުވާކަމަށެވެ.

ރ. އަތޮޅުގައި އެއާޕޯޓް އެޅުމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވުމާއެކު ރ. އަތޮޅުގެ ބައެއް ރަށްތަކުގެ ރައީސުންނާއި އެކު އަތޮޅު ކައުންސިލްގެ ރައީސް އަދި ނައިބް ރައީސް ރިޔާސަތު ބަލަހައްޓަވާ އެތައް ބައްދަލުވުމެއް ވަނީ ބޭއްވިފައިކަމަށް އަބްދުﷲ ހަސަން ވިދާޅުވިއެވެ.

"އެއާޕޯޓްގެ އުންމީދާއެކު އަޅުގަނޑުމެން އިނގުރައިދޫގެ ވަޑާންކުރާ ހަރުގެތައް ވަނީ ނަގާފައި. އެ ސަރަހައްދު އެއާޕޯޓާއެކު ގެސްޓުހައުސް ވިޔަފާރިއަށް ހާއްސަކުރުމަށްޓަކައި ކުރެވުމުނު ކަމެއްއެއީ. ވަރަށް ބޮޑެތި އިންވެސްޓްމަންޓްތައް އެއީ ހަމަ އެއާޕޯޓްގެ ސަބަބުން ރަށުގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލުގެނައުމުގެ ތެރެއިން ކުރެވުނުކަމެއް" އަބްދުﷲ ހަސަން ވިދާޅުވިއެވެ.

ރ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އަތޮޅުގެ އެންމެ އުތުރުގައި ހަދާފައިވާ އިފުރު އެއާޕޯޓުގެ ފައިދާ އަތޮޅުގެ ބޮޑުބަޔަކަށް ނުކުރެއެވެ. އެހެންކަމުން ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓްއެއް ހެދުން ވަނީ ވަރަށް މުހިންމު ކަމަކަށްވެފައެވެ. އެގޮތުން ގިނަ އަދަދެއްގެ ރިސޯޓްތައް ހަދަމުން ދިޔުމާއެކުވެސް އިތުރު އެއާޕޯޓެއް އުތުރުގައި އޮންނަން ޖެހޭކަމަށް އަތޮޅުގެ ގިނަ ރަށްތަކުގެ ރައްޔިތުން ދެކޭކަމަށް ރަށްރަށުގެ ކައުންސިލުން ވޮއިސް އަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި އިނގުރައިދޫ ދާއިރާގެ މެންބަރަށް ތަކުރާރުކޮށް ގުޅާލުމުންވެސް ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

މި މައްސަލާގައި ޓްރާސްޕޯޓުން ވިދާޅުވެފައިވަނީ "އޭގައި [އެ ޕްލޭންގައި[ ރ. އަތޮޅުގައި އެއާޕޯޓެއް އިންތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ހީވަނީ ރ. އަތޮޅަކީ ފުދޭވަރަކަށް ބޮޑަށް ސީޕްލޭން އިން ކަވާ ކޮށްފައި ހުރި ސަރަހައްދެއްހެން އެހާ ގިނަ ރިސޯޓު ހުރުމުން. [ރ. އަތޮޅުގައި]،" ސްޓޭޓް މިނިސްޓަރު ޒުހައި ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.