N/A
N/A
ހަބަރު 22 Jun 2020 | 09:23

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ މަޖިލިސްގެ ސަމާލުކަން ނުލިބުނު، މިއަދުގެ ޖަލްސާ އެކްޓިވިސްޓް ޖައުފަރުގެ ދިފާއުގައި

މާލޭ ގެސްޓަހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ގިނަ ރައްޔިތުންތަކެއް މިކަމުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު މަޖިލިސްގެ ސަމާލުކަމަށް މިމައްސަލަ ނުލިބި، މިއަދުގެ ޖަލްސާ މަޖިލިސް ސުޕަ މެޖޯރިޓީ އެމްޑީޕީގެ އެކްޓިވިސްޓް ޖައުފަރުގެ ދިފާއުގައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، ހުށަހެޅި މި ކުއްލި މައްސަލައަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.

ކުޑަ ކުދިން ރޭޕް ކުރުމާއި، ޖިންސީ ފުރައްސާރަށް ހުށަހެޅިފައިވާ އިރު މިފަދަ އިޖުތިމާއީ މައްސަލަތައް މަޖިލިސް އަށް އެޖެންޑާ ކުރުމުގެ ބަދަލުގައި މަޖިލިސް އަށް ދަނީ މިފަދަ ސިޔާސީ ކުއްލި މައްސަލަ ތަކާއި، ޤަރާރުތަކުން ވަގުތު ބޭކާރުކުރަމުންކަމަށް ގިނަ އާންމުން އަންނަނީ މީސްމީޑިއާގައި އަޑު އުފުލަމުންނެވެ.

މަޖިލިސް މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަށް އެމްޑީޕީގެ އެކްޓިވިސްޓް "ބާޢީ" އަށް ގޮވި މައްސަލަގާއި އެކްޓިވިސްޓް ޖައުފަރުގެ ދިފާއުގައެވެ.

މަގުމަތީގައި ކުރެވުނު ފުރައްސާރައެއްގެ މައްސަލަ މަޖިލީހަށް ހުށަހެޅިގެން ބަހުސް ކުރެވުނުކަމުގައި ވީނަމަވެސް މަޖިލީހުން ވަނީ ފުރައްސާރަ ކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކަފައެވެ. އަދި މި ސަރުކާރުން އެކަމެއް ހުއްޓުވުމަށް ނުހަނު މަސައްކަތް ކުރައްވާ ނަފުރަތު އުފެދޭ އެތަކެއް ވާހަކަތަކެއް މަޖިލިސް ތަޅުމުގައި ވަނީ ދެކެވިފައެވެ،

އެމްޑީޕީންގެ މެންބަރުން މިފަދައިން ކަންތައް ކުރައްވަމުން ގެންދަވާއިރު، މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ލާދީނީއޭ" ނަޝީދަށް ނިސްބަތްކޮށް ގޮވި މީހެއްގެ މައްސަލަ ފުލުހަށް ދައުވާ ކުރުމަށް ފޮނުވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް
25 Oct 2026 ހަބަރު

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލަތަކެއް؛ ތުހުމަތުވަނީ ކުރިންވެސް އެއްސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރުންނަށް

ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލެއްގައި ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، އެ ސުކޫލުގައި ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްގެން ދެ މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

ސުކޫލެއްގެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް؛ ބިދޭސީ ޓީޗަރެއް ހައްޔަރު
25 Oct 2026 ހަބަރު

ސުކޫލެއްގެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް؛ ބިދޭސީ ޓީޗަރެއް ހައްޔަރު

މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކުވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ
25 Oct 2026 ހަބަރު

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ

އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ތ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުން ”އިންސާނެއްގެ ކަތުރު ކަށިގަނޑެއް“ ފެނިއްޖެ
25 Oct 2026 ހަބަރު

ތ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުން ”އިންސާނެއްގެ ކަތުރު ކަށިގަނޑެއް“ ފެނިއްޖެ

މި ތަކެތި ފެނުނު މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑުފުށީ ގޮނޑުދޮށުން ރާޅު އަރާ ހިސާބުގައި އޮއްވައި އިއްޔެ ފެނުނީ އިންސާނެއްގެ ދަތްޕިލަ ނުވަތަ ކަތުރު ކަށިގަނޑެއް ކަމަށެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި
25 Oct 2026 ހަބަރު

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.