18 Jun 2020 | 12:21
އދ.ގެ ސަލާމަތީ މަޖިލީހަށް އާ ހަތަރު ވަގުތީ މެންބަރަކު ހޮވައިފި

އދ.ގެ އެންމެ މުހިންމު ނިންމުންތައް ނިންމާ ގުނަވަން ކަމުގައިވާ ސަލާމަތީ މަޖިލީހަށް އާ ހަތަރު ވަގުތީ މެންބަރު ގައުމު ހޮވައިފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަދު ކުރިއަށްދިޔަ މި ސިއްރު ވޯޓުގައި ހަތް ގައުމަކުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރު ގައުމުގެ ފަސް ގޮނޑިއަކަށް ވާދަކޮށްފައެވެ. އެ ގައުމުތަކަކީ:

އެފްރިކާ (އެއް ގޮނޑި): ޖިބޫޓީ އަދި ކެންޔާ

ހުޅަނގު ޔޫރަޕް އަދި އެހެނިހެން (ދެ ގޮނޑި): އަޔަލޭންޑް، ނޯވޭ އަދި ކެނެޑާ

އޭޝިޔާ ޕެސިފިކް (އެއް ގޮނޑި): އިންޑިޔާ

ކެރީބިއަން އަދި ދެކުނު އެމެރިކާ (އެއް ގޮނޑި): މެކްސިކޯ

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ އިންތިޚާބުގައި އެފްެރިކާގެ ގޮނޑިއަށް ފިޔަވައި އެހެން ހުރިހާ ގޮނޑިތަކަށް ރަސްމީ ގޮތުން މެންބަރުން ހޮވުނުކަން ވަނީ ކަށަވަރުކުރެވިފައެވެ. މިގޮތުން 2021-2022 ގެ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރު ގައުމުތައް ގޮތުގައި ހޮވުނުކަން މިހާތަނަށް ޔަގީންވެފައިވަނީ އަޔަލޭންޑް، ނޯވޭ، އިންޑިޔާ އަދި މެކްސިކޯއެވެ.

އެފްރިކާ ބައްރުގެ ގޮނޑިއަށް ވާދަކުރި ދެގައުމުގެ ތެރެއިން ކެންޔާއަށް ލިބުނީ 113 ވޯޓެވެ. އަދި ޖިބޫޓީއަށް ލިބުނީ 78 ވޯޓެވެ. ނަމަވެސް އުސޫލު އޮންނަގޮތުން ވޯޓުގައި ބައިވެެރިވި ގައުމުތަކުގެ 2/3 ބައި ކެންޔާ އަދި ޖިބޫޓީއަށްވެސް ނުލިބުމުން މާދަމާ އަނެއްކާވެސް ވޯޓުލުމުގެ ދެވަނަ ބުރަކަށް ދާންވަނީ ހަމަޖެހިފައެވެ. ޚާރިޖީ މުފައްކިރުން ލަފާކުރައްވާ ގޮތުގައި މި ހާލަތުގައި މި ގޮނޑި ޖިބޫޓީއަށް ލިބުމަކީ ނާދިރު ކަމެކެވެ.

އދ.ގެ ސަލާމަތީ މަޖިލީހަކީ އދ.ގެ އެންމެ މުހިންމު ގުނަވަނަށްވުމުން، ދާއިމީ ނޫންކޮށް ހޮވުނު މެންބަރު ގައުމުތަކަށްވެސް ބައިނަލްއަގްވާމީ މުހިންމު ކަންކަމުގައި ގާތުން ޝުއޫރު ފާޅުކޮށް ރައުޔުއަށް އަސަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް އެ މަޖިލީހުގެ އުސޫލު އޮންނަގޮތުން ދާއިމީ ފަސް ގައުމަށް މައްސަލަތައް ވީޓޯ ކުރުމުގެ ބާރު ލިބިގެންދާނެއެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގައި ދިވެހިރާއްޖެއިންވެސް ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރު ގައުމެއްގެ ގޮނޑިއަށް ވާދަކޮށް ބޮޑު ތަފާތަކުން އިންޑޮނީޝިޔާގެ އަތުން ބަލިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.