18 Jun 2020 | 20:15
އާާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލްގެ ސަބަބުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް އުނިކަމެއް އަތުވެދާނެކަމަށް ބުނެފި

ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ހުށައެޅުނު އާާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލްގެ ސަބަބުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް އުނިކަމެއް އައުމުގެ ފުރުސަތު އެބައޮތްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

އެ ޖަމްއިއްޔާއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ މިހާރު ހުށައެޅިފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020 އަކީ ޖުމްލަގޮތެއްގައި ވަރަށް ރަނގަޅަށް ފަރުމާކޮށްފައިވާ ބިލެއްކަމަށާއި، އެހެންނަމަވެސް މިބިލުގެ 41 ވަނަ މާއްދާގައިވާގޮތުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކުރާނެކަމަށް ދެކޭކަމަށެވެ.

އެ ބިލްގެ 41ވަނަ މާއްދާގެ ހ ގައިވާ ގޮތުގައި އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ނުވަތަ ތާރީހެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެގާނޫނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީހު ދިމާވަނީ، އެގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތާ ކަމުގައިވާނަމަ، އެކަންކުރުމަށް އެގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރަން، އެގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑިގެން ދާނެއެވެ.

ޓްރާންސްޕޭރެންސީން ބުނީ މިމާއްދާގެ އެއް ނަތީޖާއަކީ މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭންޖެހޭ ޖެހުން އާންމު ސިއްހަތުގެ ނުރައްކާ އިއުލާނުކުރެވިފައިވާ މުއްދަތުގައާއި އެހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހާ ހަމައަށް މެދުކެނޑިގެން ދިއުންކަމަށެވެ. މިހެންވުމުން މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގު މިމުއްދަތުގައި ދިވެހިރާއްޖޭގައި ހުއްޓި ރައްޔިތުންގެ މިހައްގަށް ވަރަށްބޮޑެތި އަސަރުކުރާނެތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށް ވަނީ ބުނެފައެވެ.

"މި ޖަމިއްޔާއިން ގަބޫލުކުރާގޮތުގައި ދައުލަތުގެ މުވައްޒަފުން މަދުވަގުތުކޮޅެއްގައި ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރަންޖެހުނު ނަމަވެސް، އާއްމުންނަށް މައުލޫމާތު ފޯރުކޮށްނުދެވޭނެ ހާލަތަކަށް ދިޔައީ ކަމަކަށް ނުބެލެވޭނެއެވެ. އަދި މިހާރުގެ ހާލަތުގައިވެސް، މައުލޫމާތު އެއްކޮށް އެމައުލޫމާތު އާއްމުންނަށް ފޯރުކޮށްދެވެންވާނެއެވެ. މީގެ އިތުރުން، ކޯވިޑް-19 އާ ސީދާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާ ނުވަތަ ޒަރޫރީ ހިދުމަތްތައް ދެމުންދާ ދައުލަތުގެ އިދާރާތައް މިވަގުތުވެސް ތިބޭނީ އެއިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ހާލަތެއްގައި ކަމަށްވެސް ގަބޫލޫކުރެވެއެވެ"، ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ވަކި މުއްދަތެއްގައި ކުރުން ލާޒިމުކުރާ ހުރިހާކަމެއް ހިމެނޭހެން އެކަންކަން ފަސްކުރަން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020ގައި އޮތުން މުހިއްމުކަމަކަށް ނުފެންނަކަމަށް ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ސިޔާސަތަކީ ބަލިމަޑުކަމާއި ގުޅިގެން ދައުލަތުން އެކުލަވައިލާ ސިޔާސަތުތަކުގެ މަސައްކަތްތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ، ދައުލަތަށް ކުރާ އިތުބާރު ބޮޑުވެ، ސައްހަ މައުލޫމާތު ހާމަކުރުމަށާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ އިތުރުން ދައުލަތުގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަމަށެވެ.

އެހެންކަމުން، ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހާމަކަން ދަށްވާނަމަ މިބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ގޮންޖެހުން ކުރިމަތިވާނެއެވެ. ވުމާއެކު، މިފަދަ ކުއްލި ހާލަތެއްގައި މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.