21 Jun 2020 | 21:35
ޔޯގާ ހެދީމާ ކޮވިޑް 19 އިން ރައްކާތެރިވެވޭކަމަށް އިންޑިއާގެ ބޮޑުވަޒީރު އިއުލާންކުރައްވައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑްބަލީން ރައްކާތެރިވުމަށް ސައިންޓިސްޓުންނަށް ނުހޯދޭވަރުގެ އާ ހޯދުމެއް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރައްވައިފިއެވެ. ކޮވިޑްވައިރަސްއާއި ދެކޮޅަށް ހަގުރާމަކުރާ ދިފާއީ ސެލްގެ މަސައްކަތް ފެށިގަންނަނީ ޔޯގާއިންކަމަށް އިންޑިޔާގެ ބޮޑުވަޒިރު ވިދާޅުވިއެވެ.

އިންޑިޔާގައި ކޮވިޑް ފެތުރެމުންދާލެއް ހަލުވިކަމާއި އަދި އެބަލިމަޑުކަމާދެކޮޅަށް އެގައުމުން އެޅި ފިޔަވަޅުތަކުން ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ބަނޑުހައިހޫނުކަމާއި ފަގީރުކަމުގައި ހަނާވަމުންދާ ދަނޑިވަޅެއްގައި މިއީ ވަރަށް އަގުހުރި ހޯދުމަކަށްވާނެއެވެ.

" ކޮވިޑް 19 އަހަރެމެންގެ ނޭވާލާ ނިޒާމަށް ހަމަލާދެނީ.... އަހަރެމެންގެ ނޭވާލާ ނިޒާމު ވަރުގަދަ ވެގެންދަނީ " ޕްރަނަޔަމާ – މިއީ ޔޯގާގެ އެކްސަސައިޒެއް" ނޭވާލުމަށް މިހަދާ އެކްސަސައިޒުން. މިކަން އަހަރެމެން ކޮންމެދުވަހަކު ކުރަންވީ. ޔޯގާގެ ވަރަށް ގިނަ އެކްސަސައިޒުން ނޭވާލާނިޒާމު ވަރުގަދަކޮށްދޭ" އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވިކަމަށް އެގައުމުގެ ނޫސްތަކުގައި ލިޔެފައިވެއެވެ. މޯދީ ވިދާޅުވީ ދުނިޔޭގެ އެތަންމިތާގައި ތިބި ކޮވިޑް ބަލިމީހުންނަށް ޔޯގާއިން ހެޔޮނަތީޖާ ފެންނަމުންދާކަމަށެވެ. އަދި ޔޯގާއިން ކޮރޯނާ ބަލިމަޑުކަމުގެ މައްޗަށް ކާމިޔާބު ހޯދޭނެކަމަށްވެސް ވިދާޅުވިއެވެ. އިންޑިޔާގައި ހިންދީން ޔޯގާކުރަމުންދިޔަޔަސް ކޮވިޑް ބަލިމަޑުކަން ފަތުއަޑުކިޔާފައި އެގައުމުގައި ދަނީ ފެތުރެމުންނެވެ. މިހާރަކަށްއައިސް ކޮންމެ ދުވަހަކީވެސް ރެކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް ބަލިޖެހޭ ދުވަހެކެވެ.

ބޮޑުވަޒީރު މޯދީގެ މިއާހޯދުން އިއުލާންކުރީ އިންޑިޔާއިން އޮރިޖިނޭޓްކޮށްގެން ފާހަގަކުރާ އިންޓަރނޭޝަނަލް ޔޯގާ ދުވަހާއި ދިމާކޮށެވެ. މިހޯދުމުގެ މޮޅުކަން އިންޑިޔާ ސަރުކާރުންދަނީ ހާމަކުރަމުންނެވެ. އިންޑިޔާގެ ޕީޓީއައިގައި ވާހަކަދެއްކެވި މައިސަރުކާރުގެ މިނިސްޓަރަކު ވިދާޅުވީ އިންޑިޔާގެ މޯދީގެ މިޒައާމަތުގައި ޔޯގާއިން ކޮރޯނާ ބަލިމަޑުކަމާއިދެކޮޅަށް ހަގުރާމަކރުމުގައި މުޅި ދުނިޔެއަށް އެހީތެރިވެދީފިކަމަށެވެ. ޔޯގާކުރާ މީހުންނަށް ކޮރޯނާބަލި ޖެހުމުގެ ޗާންސް މާބޮޑަށް ކުޑަވާކަމަށް އޭނާ ޔަގީންކަމާއެކު ވިދާޅުވިއެވެ.

ޔޯގާއަކީ އިންޑިޔާގެ ހިންދީ ދީނުގެ އަޅުކަމެއްގެގޮތުގައި އެންމެ ކުރީ ޒަމާނުއްސުރެ ކުރަމުން އަންނަކަމެކެވެ. މިޒަމާނަށް ކަސްރަތެއްގެ ގޮތުގައި ދައްކައި އެކިގައުމުތަކަށް ޔޯގާ އެކްސްޕޯޓްކުރަމުންދިޔަޔަސް އޭގެފޮރުވިފައިވާ އެއްޗަކީ ހިންދީ އަޅުކަމަށް ނޭގުމެއްގެތެރެއިން ގެންގޮސް އެހެންމީހުންގެ ހިތުގައި ލޯބި އުފެއްދުމެވެ. ދިވެހި ރާއްޖޭގައިވެސް ޔޯގާއަށް ވަރަށް އަހުލުވެރިވެފައިވާ ދިވެހިންކޮޅެއް މިހާރު އުޅެއެވެ.

ކޮވިޑް ބަލިމަޑުކަމާއި ދެކޮޅަށް އިންޑިޔާގެ ބޮޑުވަޒީރު މިހާމަކުރެއްވި ހިންދީދީނުގެ ތިއޮލޮޖިކަލް އެކްސަސައިޒާއިމެދު ސައިންޓިސްޓުން މިހާތަނަށް އަދި އެއްޗެކޭ ނުބުނެއެވެ. ޚުދު އިންޑިޔާގެ ހެލްތު އެކްސްޕާޓުންވެސް ކޮވިޑާއި ދެކޮޅަށް ޔޯގާކުރަން ބާރެއް ނާޅައެވެ. އެކަމަކު މޯދީގެ މިފިލޯސަފީން އިންޑިޔާގެ ހިންދޫންގެ ދީނީ އަގީދާ އިތުރުކޮށްދިނުމަށް ބާރުލިބިގެންދިއުމަކީ އެކަށީގެންވާކަމެކެވެ. އެމީހުންގެ ބޮޑުވަޒީރަކީ ދީނަށް މާބޮޑަށް ލޯބިކުރާ މީހަކަށްވުމުގެ އިހްސާސް ކުރެވި އަތްމަތި ހުސްވެ ބަނޑުހައިހޫނުކަމުން ހާންތިވަމުންދާ ހިތަކަށް ކުޑަފިނިކަމެއް ލިބި، އިންޑިޔާ ސަރުކާރުން މިބަލިމަޑުކަމުގައި އިންޑިޔާގެ ފަގީރުންނަށް އަޅާލިގޮތާއިމެދު އުފެދިފައިވާ ރުޅިވެރިކަމަށް ކުޑަމިންވަރެއްގެ ފިނިކަމެއް ލިބޭގޮތް ދިމާވެދާނެ ތޯއްޗެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.