22 Jun 2020 | 20:49
ބަލިން ރަނގަޅުވާ މީހުން ރަށްރަށަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެ: މަބްރޫކް

ކޮވިޑް-19 ބަލިން ރަނގަޅުވުމަށްފަހު އަނބުރާ ރަށްރަށަށް ދާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. 

އެބޭފުޅާ މިހެން ވިދާޅުވީ ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަބްރޫކް ވިދާޅުވީ މާލޭ ސަރަަހައްދުގައި ހުއްޓާ ބަލި ޖެހުމަށްފަހު ރަނގަޅުވެ މީހުން ރަށްރަށަށް ދިއުމުން އަނެއްކާ ގެތަކުގައި ހޯމް ކަރަންޓީން ވާން ނުޖެހޭނެކަމަށެވެ. މިފަދައިން ނިންމާފައިވަނީ ޓެގް ޓީމްގެ ލަފާގެ ދަށުންކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ހަދާފައިވާ ޑޭޝްބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޭ 21:37 އާއި ހަމައަށް ދިވެހިރާއްޖެއިން ވަނީ 2203 މީހުންނަށް އެ ބަލި ޖެހިފައެވެ. މި ބައްޔާއި ގުޅިގެން މިވަގުތު 390 މީހުންނަށް ފަރުވާދެމުން ދާއިރު، 1803 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އެއްޗެހިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
18 Jun 2026
އަބުރުވެރިކަމަކީ އެންމެންގެ ހައްގެއް، އެކަން ކަށަވަރުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފަސްޓްލޭޑީ
އެކަމަނާ އެކަމަށް ގޮވާލެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
18 Jun 2026
މި މަސް ނިމުމުގެ ކުރިން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުއި ދެނީ
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
18 Jun 2026
ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި، ހަތަރު ކާރު ބޭނުންކުރާނެ
މާލެ ޓެކްސީ ލައިން ހިންގާ އެމްޓީސީސީން ބުނީ ވިލިމާލޭގައި ހިދުމަތް ދިނުމަށް ހަތަރު ކާރު ބޭނުން ކުރާނެ ކަމަށެވެ. އެއީ ދެ ސައިޒެއްގެ ކާރުތަކެވެ.
18 Jun 2026
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު ހައްޔަރުކޮށްފި
އެގޮތުން އިމިގްރޭޝަނުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުރި ގަރާޖެއްގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
18 Jun 2026
ސަރުކާރު ވައްޓާލާކަށް ނޫޅެން، ހަމަނުޖެހުމެއް ނުއުފައްްދާނަން: ނަޝީދު
"އަޅުގަނޑު ފުލުހުންނަށް ވެސް އިލްތިމާސްކުރަން މިއީކީ ސަރުކާރު ވައްޓާލަން ނިކުންނަނީއެއް ނޫން. މިއީ ސުލްހަވެރި ހިނގާލުމެއް, މުޒާހަރާއެއް, އަޑު އުފުލުމެއް," ނަޝީދު ވިދާޅުވި އެވެ.
18 Jun 2026
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް އަތުލައިގަނެފި
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
18 Jun 2026
ސާޖަންޓް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވެއްޖެ
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު ޚިދުމަތް ކުރައްވާފައެވެ.