Advertisement

ހިޔާ ފްލެޓްގެ އަދަދު މަދުކޮށްފި: ޝަރުތު ހަމަވިޔަސް 280 ފަރާތަކަށް ފްލެޓް ނުލިބޭނެކަން ކަށަވަރުވެއްޖެ

27 Jun 2020 | 15:53

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި "ހިޔާ ފްލެޓް" ތަކުގެ ތެރެއިން ކުރިން އާންމުންނަށް ދިނުމަށް ހަމަޖެހިފައިވާ 7000 ފްލެޓްގެ އަދަދު މި ސަރުކާރުން މަދުކޮށްފިކަން ސަރުކާރުން ހާމަކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓް ދައްކާލަން އިއްޔެ ބޭއްވި މީޑިއާ ޓުއާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ކުރިން ހިޔާ ޓަވަރުތަކު ކުރިން 7000 ފްލެޓް ހުންނާނެކަމަށާއި، ނަމަވެސް ފްލެޓްތަކުގައި އަސާސީ ވިޔަފާރި ބޭނުމަށް އިތުރަށް ޖާގަ ހެދުމަށް 280 ޔުނިޓް ވަނީ އެ ބޭނުމަށް ނަގަން ނިންމާފައެވެ. އެހެންކަމުން ފްލެޓްތައް ނެގުމުން ފްލެޓަށް އެދުނު މީހުންނަށް ދޭން ހުންނާނީ 6،720 އެޕާޓްމަންޓް އެވެ.

ސުހެއިލް މިހެން ވިދާޅުވިކަމުގައި ވީނަމަވެސް އަސާސީ ހިދުމަތް ދިނުމަށް ވިޔަފާރި ކުރުމަށް ތަންތަން ހިޔާގެ ޕްލޭންގައި ވަނީ ކުރެވިފައެވެ.

ސަރުކާރުން މި ގެނައި ބަދަލާއެކު އެންމެ މަތިން މާކްސް ލިބި ފްލެޓް ހައްޤުވާ 280 ފަރާތެއް ފްލެޓް ލިބުމުން މަހުރޫމްވާނެއެވެ.

މިސަރުކާރުގެ ވެރިން އެކި ފަހަރު ވަނީ މިއިން ކޮންމެ ފްލެޓަކީ ރާއްޖޭގެ ރަށެއްގެ އާބާދީކަމުގައި ބުނެފައެވެ. އެހެންކަމުން މިއީ ފްލެޓްގެ އާބާދީއަށް ބަލައި ވިޔަފާރީގެ މަންފާ އިތުރުކޮށް ނެގުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވެއެވެ.

ސަރުކާރުން މިފަދައިން ނިންމާފައިވީނަމަވެސް ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާމިން ވަނީ 7000 އޭ ކީކަމުގައިވީނަމަވެސް ހިޔާގައި ހުރީ 6860 ފްލެޓް ކަމަށް ވިދާޅުވެފައެވެ. މިކަމާ ބެހޭގޮތުން ވޮއިސް އިން މީގެކރުިން ސުވާލު ކުރުމުން މި ޔުނިޓްތައް މަދު ކޮށްފައިވާ ސަރުކާރެއް ހާމަނުކުރައްވައެވެ.

ޑރ. މުއިއްޒު ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގައި ޕްލޭން ކުރެވި ކުރެހިފައިވަނީ 7000 ޔުނިޓް ކަމަށާއި ކުރެހުމަށް މި ސަރުކާރުން ބަދަލު ގެނެސްފައިވާ މައުލޫމާތު ލިބިފައިވާކަމަށެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް