30 Jun 2020 | 00:12
ލައިގެން ހުންނަ ހެދުމާއި ޒިޔާރަތްކުރާ މާހައުލުގެ ސަބަބުން ރޭޕަށް ހުށައެޅޭނެކަމަށް ދެކެވިގެން ނުވާނެ: ހައިތަމް

އަންހެނަކު ލައިގެން ހުންނަ ހެދުމާއި ޒިޔާރަތްކުރާ މާހައުލަކީ ޖިންސީ ގޯނާއަށް ހުށައެޅެން ޖެހޭ ސަބަބެއްކަމަށް ދެކެވިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި ތަކުރާރުކޮށް އަންހެނުންނާއި ކުޑަ ކުދިން ތަޙައްމަލު ކުރަމުންދާ ޖިންސީ އަދި އެހެނިހެންވެސް އަނިޔާތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ނެރުއްވި ބަޔާނެއްގައެވެ.

މެންބަރު ހައިތަމް ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވާ ޤާނޫނު ތަންފީޒު ކުރާ އެކިއެކި މުއައްސަސާތަކުން މިފަދަ ކުށްތަކާއި މެދު ގެންގުޅޭ ހަމަތަކާއި އުސޫލުތަކާއި މެދުގައި އާންމުންގެ ކަންބޮޑުވުންތައްވެސް ހުރިކަން ފާހަގަކުރައްވާ ކަމަށާއި، އޭގެ ސަބަބުން އާންމުންގެ ފަރާތުން މުއައްސަސާތަކަށް ކުރާ އިތުބާރަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. ހައިތަމް ވިދާޅުވީ އިޖްތިމާޢީ އަޚްލާޤިއްޔަތުން އެކަހެރިވެ، މިފަދަ ލާއިންސާނީ ކުށް ކުރަމުންދާ ކުށްވެރިންގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައިދީ، ކުށްވެރިންނާއި މެދު ހަރުކަށި އަދަބު ދެއްވުމަށް އެދި އެންމެހާ ކަމާއި ގުޅޭ މުއައްސަސާތަކާއި ކަމާއި ގުޅުން ހުރި އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ

އެބޭފުޅާ ވިދާޅުވީ ޖިންސީ ގޯނާއާއި ފުރައްސާރަކުރުން ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުމުގެ އިތުރުން،ޖިންސީ ގޯނާއާއި ފުރައްސާރަ އަދި ރޭޕްގެ ޝިކާރައަކަށްވާ މީހާގެ އަބުރު ކަތިލާ، އެލާއިންސާނީ އަމަލުގެ ވޭން ތަހައްމަލު ކުރަމުންދާ މީހާ ކުށްވެރިކުރުން ނުވަތަ "ވިކްޓިމް ބްލޭމިންގ"އަކީވެސް ޤާނޫނުން އަދަބު ލިބޭ ކުށެއް ކަމުގައި ކަނޑައެޅުމަކީ، އަނިޔާ ލިބުނު މީހާގެ ޙައްޤުތަކާއި ކަރާމާތް ރައްކާތެރި ކުރުމަށްޓަކައި ބޭނުން ޖެހިފައިވާ ކަމެއްކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ.

އަދި އަޅައިގެން ހުންނަ ހެދުމަކުުން ނުވަތަ ޒިޔާރަތް ކުރާ މާހައުލަކުން ނުވަތަ އެހެނިހެން އެއްވެސް ކަމަކުންވެސް، އެއީ ރޭޕް ނުވަތަ ޖިންސިީ ގޯނާއާއި ފުރައްސާރައަށް ހުށަހެޅެން ޖެހޭ ސަބަބެއް ނޫންކަމަށް ހައިތަމް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތަށް ކުށުގެ ޝިކާރައަށްވާ މީހާ ކުށްވެރިކުރުމުން، ކުށްވެރިންނަށް ކުށް ކުރުމަށް އިތުރު ހިތްްވަރެއް ލިބި، ކުށްތައް އިތުރު ވެގެންދާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިއީ ތަހުޒީބީ މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި އެންމެންވެސް އަނިޔާ ލިބުނު ފަރާތާއި މެދު ހަމްދަރުދީ އިސްކޮށް، ކުށްވެރިޔާ ކުށްވެރިކުރުމުގައި ފަސްޖެހިގެން ނުވާނެކަމަށް ހައިތަމް ވިދާޅުވިއެވެ.

ހައިތަމް ވަނީ ފާއިތުވެ ދިޔަ ހަފްތާގައި "ފޯސްޓަރ ސިސްޓަމް އިން މޯލްޑިވްސް ވިތު އިމީޑިއޭޓް އިފެކްޓް"، އެބޭފުޅާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައެޅުއްވިކަން މި ނޫސް ބަޔާނުގައި ފާހަގަކުރައްވާފައެވެ. ހައިތަމް ވިދާާޅުވީ ކުށެއްގެ ޝިކާރައަކަށް ވެފައިވާ އަންހެނަކު އަދި ކުޑަ ކުއްޖަކަށްވެސް އެކަމުގެ ސަބަބުން އިތުރަށް އެއްވެސް ނިކަމެތި ކަމެއް ލިބިގެންނުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ދުޅަހެޔޮކަމާއި ރައްކާތެރިކަމަކަށް އިތުރު އެއްވެސް ގޮންޖެހުމެެއް އޮވެގެން ނުވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.