01 Jul 2020 | 14:55
ސަފާރީ ރޭޕް: ޖިންސީ ގުނަވަނުގައި އަތްލި، ކުރިން ނޫހެއްގައި ފެތުރީ ދޮގުވާހަކަކަމަށް ކެންޔާ މީހާ ބުނެފި

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ރޭޕްކުރި ކަމަށްބުނެ ކެންޔާ އަންހެނެއްގެ ނަމުގައި ފަތުރާފައިވަނީ ދޮގެއް ކަމަށް އޭނާއާއި ހަވާލާދީ ދިވެހިރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "މިހާރު" އިން ރިޕޯޓްކޮށްފިއެވެ.

މިހާރު ނޫހަށް އޭނާ ދިން އިންޓަރވިއުގައި ބުނެފައިވާ ގޮތުގައި  އެ މައްސަލައާއި ގުޅިގެން އޭނާ އެއްވެސް އެހެން ނޫހަކަށް އިންޓަރވިއުއެއް ދީފައި ނުވާނެއެވެ. އަދި އޭނާގެ އަތުގައި ފޯނެއްވެސް ނެތްކަމަށާއި، އޭނާގެ ނަމުގައި ފޮޓޯޖަހައި އެގޮތަށް ވާހަކަ ފެތުރުމުން ސިހުމެއް ލިބިފައިވާކަމަށް ބުންޏެވެ. އަދި މި މައްސަލައިގައި ފުލުހުން އަމަލުކުރަމުންދާ ގޮތާއި މެދު ހިތްހަމަ ޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އެމީހުންގެ މައްޗަށް މައްސަލަައެއް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށާއި، އެއީ އެމީހުން މަސްތުގެ ހާލަތުގައި ކުރިކަމަކަށް ވާތީކަމަށް ކެންޔާ އަންހެންމީހާއާއި ހަވާލާދީ މިހާރު ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ އަންހެންމީހާ ވަނީ މައްސަލަ އޮއްބާލަން ފައިސާގެ އެއްވެސް ހުށައެޅުމެއްވެސް ނާންނަކަމަށް ބުނެފައެވެ. އަދި ފުލުހުންގެ ކިބައިން އެމީހުންގެ މައްޗަށް މައްސަލައެއް ހުށައަޅަން ބޭނުން ނުވާކަމަށް ބުނުމުންވެސް އެ އަންހެންމީހާއަށް ޖިންސީ ގޯނާ ލިބިފައިވުމުން ޓެސްޓް ހެދުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން އެދުނުކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންކަމުން މާލޭގައި ހުރި އޭނާގެ ޑޮކިއުމެންޓްސްތަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގޮސް ޓެސްޓް ހެދީ، ކުރިން މަސައްކަތްކުރި އޮފީހުގެ އެހެން އަންހެނަކުވެސް ހުރެގެންކަމަށް އޭނާ ބުންޏެވެ.

އަދި ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމާލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށްވެސް އޭނާ ބުންޏެވެ.

ފޮޓޯ: މިހާރު

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ