29 Jun 2020 | 20:09
ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ، އެދެނީ އެހީތެރިކަމަށް!

ޔަމަނުގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެ ޤައުމުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެޖެންސީ ރިލީފް ކެމްޕޭނެއް ފަށައިފިއެވެ. ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިން އ.ދ އިން ދުނިޔޭގެ އެންމެ ނިކަމެތިން ގިނަ އަދި ހާލަތު ގޯސް ޤައުމުގެ ގޮތުގައި ކަނޑައަޅާފައިވާ ޔަމަނުގެ ހާލަތު ކޮވިޑް 19 އާއި ގުޅިގެން ވަނީ ބޮއްސުންލާފައެވެ. އެގޮތުން އެ ޤައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޔަމަނުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުކަން އައިއޭސީއިން ހާމަކޮށްފައިވެއެވެ. ޖޫން މަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ޔަމަން އެމެޖެންސީ ރިލީފް ކުރިޔަށް އޮތް ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް އައިއޭސީއިން ނިންމާފައިވެއެވެ.

ޔަމަނުގެ އަދުގެ ހާލަތުގެ ސަބަބުން މުޅި ދުނިޔޭގެ އެހީތެރިކަން ބޭނުންވެފައިވާ މިދަނޑިވަޅުގައި، މި އެމެޖެންސީ ރިލީފްގެ ޒަރިއްޔާއިން ދިވެހިރައްޔިތުންނަށް ޔަމަނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން އައިއޭސީއިން ހާމަކޮށްފައިވެއެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަމުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ހަށިގަނޑަށް ލިބެންޖެހޭ ހަކަތައާއި ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޝިކާރައަކަށް ވެފައިވާ 2 މިލިއަނާއި ގާތްކުރާ ތުއްތު ކުދިން މިވަގުތުވެސް ޔަމަނުގައި އެބަތިބިއެވެ. ކޮވިޑް 19 ގެ ކޭހެއް ރިޕޯޓް ކުރުމުގެ ކުރިންވެސް އެ ޤައުމުން އަންނަނީ ޑެންގީ ހުން، މެލޭރިއާ އަދި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން އަރައިގަތުމަށް ހަނގުރާމަކުރަމުންނެވެ.

މީގެއިތުރުން ޔަމަނުގެ 24 މިލިއަނާއި ގާތްކުރާ އަދަދެއްގެ ރައްޔިތުން މިވަގުތުވެސް ބާރޯސާވަނީ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާތަކުން ފޯރުކޮށްދޭ އެހީތެރިކަމަށެވެ. އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާތަކުން ފޯރުކޮށްދޭ އެއިޑަށް ބަރޯސާވާ ޔަމަނުގެ 80 އިންސަތަ ރައްޔިތުންގެ އިތުރުން، އިތުރު މިލިއަނެއްހާ ރައްޔިތުން ބަނޑުހައިހޫނުކަމަށް ޖެހެމުންދާކަމަށް ދިރާސާތަކުން ދައްކައެވެ.

ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދަނޑިވަޅެއްގެ އިންތިޒާރުގައި ތިބި ދިވެހިރައްޔިތުންނަށް މި ފުރުސަތުގެ ޒަރިއްޔާއިން ޔަމަނުގައި ތިބި އަޙުންނާއި އުޙުތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން އައިއޭސީއިން ހާމަކުރެއެވެ. އެގޮތުން ޔަމަން އެމެޖެންސީ ރިލީފް ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އައިއޭސީ ޔަމަން އެކައުންޓް : މެދުވެރިކޮށް ޑޮނޭޝަން ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަކަށް އެކި އެކި ޒަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މި ކެމްޕޭނުގެ ޒަރިއްޔާއިން ޔަމަނުގެ ނިކަމެތި ރައްޔިތުން މި ދަނޑިވަޅުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.