Advertisement

ރޭޕާ ދެކޮޅަށް ރައްޔިތުން: އަސަރުން ފުރިގެންވާ ފޮޓޯއެއް!

30 Jun 2020 | 10:21

ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި މިމަހުގެ 26 ވަނަ ދުވަހުގެރޭ އަންހެނަކު ރޭޕްކުރި މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރެވުނު ކަމަށް ބުނާ ސަރުކާރުގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ދެ ފިރިހެނުން ހައްޔަރު ކުރުމަށްފަހު، ފުލުހުން އެ މީހުން ދޫކޮށްލުމާއެކު މުޅި ރާއްޖެވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ.

ސިޔާސީ ބާރާއި ނުފޫޒުން ފުލުހުންގެ ތަހުޤީގުގެ ބަދަލުގައި މަޖިލިސް އިން މިކަން ތަހުޤީގުކުރުމަށް ނިންމިގެން ދިޔައެވެ. މަޖިލިސްގެ މި ނިންމުމާއެކު ފުލުހުން މި ކޭސްގެ މައުލޫމާތު ދިނުމުގައި ފަހަތުފަޔަށް ބުރަވެފައިވާ މިންވަރަކީ މި ކޭސްގެ މައުލޫމާތުތައް ހިފެއްހެއްޓުމެވެ. ރޭޕް ކުރެވުނު ބިދޭސީ އަންހެން މީހާ ކުށްވެރިވާ ކަހަލަގޮތަކަށް ބައެއް ފަރާތްތަކުގެ ވާހަކަ ބަދަލުވެ، މީޑިއާމެދުވެރިކޮށް ސަރުކާރުން މައްސަލަ އޮއްބާލުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ފެތުރުނެވެ.

މިއާއެކު ޒުވާނުންގެ ކެތްތެރިކަން ކޮޅުންލައި ނިކުތީ މަގުމައްޗަށެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް ޒުވާނުން ގިނަ އަދަދަކަށް ބައިވެރިވި އެއްވުމެކެވެ. ޒުވާނުން ސަރުކާރަށް ގޮވާލީ އިންސާފު ޤާއިމްކުރުމަށެވެ. ސަރުކާރުގެ އިންސާފްގެ ދުވެއްޔަށް ފާޑުކިއެވެ. ރޭޕްގެ މައްސަލާގައި ގެންގުޅޭ ޒީރޯ ޓޮލަރެންސް ކޮބައިތޯ ސުވާލުކުރަމުންދިޔައެވެ.


އެތައް ޖަޒުވާތުތަކެއް ފެނިގެންދިޔަ މި އެއްވުން ރޫޅާލީ ފުލުހުން ބާރުގެ ބޭނުންކޮށްގެނެވެ. މުޒާހަރާގެ ބައިވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރި މި އެއްވުމަށް ޕެޕާ ސްޕޭރޭ ޖަހާފައިވާއިރު 2 މީހަކު ވަނީ ފުލުހުންގެ ބަންދަށް ގެނެވިފައެވެ.

އެއްވުމުގެ އަޑުތަކާއި މަންޒަރުގެ ތެރެއިން މީސްމީޑިއާގައި ދައުރުވާ އަސަރުކުރުވަނި އަދި އެހާމެ ބާރުގަދަ ފޮޓޯއަކަށް އާންމުގެ ސަމާލުކަން މިވަނީ ލިބެންފަށާފައެވެ.

އަވަސް ނޫހުގެ ފޮޓޯގްރާފަރ، އަހުމަދު އަޝްޙާދު އަބްދުﷲ (ޖެރީ) ނަގާފައިވާ މިފޮޓޯގައި އިތުރު ތަފްސީލެއް ބޭނުން ނުވާ، ފޮޓޯއިން ވާހަކަ ބުނެދޭ މި ފޮޓޯތަކަށް ގިނަ ބަޔައެއްގެ ސަމާލުކަން ލިބިފައިވާ އިރު މިއީ ރާއްޖޭގައި މިފަދަ މައްސަލަތައް ބޮޑުވުމާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ނުލިބޭކަމުގެ ޝާކުވާ އާއި އެކަމުގެ ތުރާ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ މިންވަރު ދޭހަކޮށްދޭ މަންޒަރުތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ފޮޓޯގްރާފާ އަހުމަދު އަޝްޙާދު އަބްދުﷲ "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި މި ފޮޓޯއިން ފެންނަ އަސަރުގަދަ މަންޒަރަކީ ރޭޕްއާއި ޖިންސީ ގޯނާގެ ވާހަކަތައް މުޒާހަރާގެ ބައިވެރިއެއް ހިއްސާ ކުރުމަށްފަހު ރޯމަންޒަރެވެ،

Advertisement

ކޮމެންޓް