07 Jul 2020 | 14:11
ނ.ހޮޅުދޫގެ ޓާފް ދަނޑު ހަލާކުވިބާ؟

ނ. ހޮޅުދޫގައި ގާއިމްކުރި ޓާފް ދަނޑު ހަލާކުވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން އާންމުކުރީ ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ބޯކޮށް ވާރޭވެހި ހޮޅުދޫ ދަނޑުގައި އަޅާފައި އޮތް ޓާފް ހިއްލިފައި އޮތް ވީޑިއޯއެއް ހޯމަ ދުވަހުގެ ވަގުތެއްގައި ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. އަދި މީވީޑިއޯއާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ޓާރފް ދަނޑު ހަލާކުވެފައިވާ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް މި ޚަބަރުތައް ދޮގުކުރައްވަމުން ކުޅިވަރާއި ބެހޭ ވަޒީރު މަޙްލޫފް ވިދާޅުވީ ބޯކޮށް ވާރޭވެހުމުން ޓާރފްގެ އަޑިއަށް ފެންޖަމާވެ ޓާރފް ހިއްލުމަކީ އާންމު ކަމެއް ކަމަށާއި އެއީ ސީރިއަސް މައްސަލައެެއް ނޫން ކަމަށެވެ. އެގޮތުން މާލޭގައި ގާއިމްކޮށްފައިވާ ޓާރފް ދަނޑުތަކުގެ ޓާރފް ވެސް ބޯކޮށް ވާރޭވެހުމުން ހިއްލޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮޅުދޫގައި ގާއިމްކުރި ޓާރފް ދަނޑާއި ގުޅިގެން ޒުވާނުންނާއި އެރަށު ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދަނޑުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

'ޓާރފް ބްލިސްޓަރސް' ނުވަތަ ބޯކޮށް ވާރޭވެހުމުން ޓާރފްގެ އަޑިއަށް ފެން ވަދެ ޓާރފް ހިއްލުމަކީ އާންމުކޮށް ދިމާވާ ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އަދި ވާރޭ ފެން ހިނދުމާއެކު މި މައްސަލަ ހައްލުވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ. މާލޭގައި ގާއިމްކުރެވިފައިވާ ދަނޑުތަކުގައި ވެސް ބޯވާރެޔާއެކު ޓާރފް ހިއްލުމަކީ އާންމު ކަމެކެވެ.

ނ. ހޮޅުދޫގެ ދަނޑަކީ ރައީސް ސާލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރާ 100 ދަނޑުގެ ތެރެއިން ނިންމާލި ފުރަތަމަ ދަނޑެވެ. ފ. ނިލަންދޫގެ ދަނޑު ވެސް އެއްކޮށް ނިންމާލާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޓާރފް ދަނޑު އެޅުމުގެ މަސައްކަތް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.
19 Sep 2026
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.