ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު: ފޮޓޯ/ މަޖިލިސް
ހަބަރު
02 Jul 2025 | 09:19
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސްނުކިރި، އުކާލަންޖެހޭ ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސްނުކިރި، ގިނަ ދުވަސް ވުމުގެ ސަބަބުން މަސް އުކާލަންޖެހި، މަސްވެރިންނަށް ބޮޑު ތަކުލީފްތަކެއް އުފުލަން ޖެހިފައިވާ ކަމަށް ވިދާޅުވެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. 

ޒިޔާދު އެ މައްސަލަ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، މިހާރުވެސް 120 ޓަނަށްވުރެ ގިނަ މަސްނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމެވެ. 

އެގޮތުން، މަސްވެރިން ބާނާ މަސް މިފްކޯ މެދުވެރިކޮށް ސަރުކާރަށް ގަންނަ ގޮތަށް ބަދަލުކޮށް، ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި، ބޮޑު ކަންނެލީގެ އަގު 80-100 ރުފިޔާގައި ބެހެއްޓުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަން ޒިޔާދު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އެ ވަޢުދު އަދާއި ހަމައަށްވެސް ފުއްދަވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަސް ނުކިރޭ ކަމަށާ، ކަންނެލި ކިރުމަށްފަހުގައިވެސް މަހަށްވާ ލާރި ލިބުން ލަސްވެ، މަސްވެރިކަން ކުރުމަށް ދިމާވާ ދަތިތައް އިންތިހާއަށް އިތުރުވަމުންދާކަމަށް ބުނެ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދ ކަމަށް ޒިޔާދު ވިދާޅުވިއެވެ. 

ހަމައެއާއެކު މަސްވެރިކަން ރަނގަޅު، ބޭރުގެ މާކެޓު ތަކުގައިވެސް މަހުގެ އަގު މަތިވި ނަމަވެސް، ރާއްޖޭގެ މަސްވެރިންނަށް އެކަމުގެ ފައިދާ ނުލިބޭ ކަމަށާ، އެކަމުގެ ސަބަބުން މަސްވެރި އާއިލާތައް ނިކަމެތިވަމުންދާކަމަށް އޭނާ ވިދާޅުވިއެެވެ.

އެހެންކަމުން، އެކަންކަން ހައްލުކޮށް ރައީސް މުޢިއްޒު ކަންނެލި މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް މައްސަލާގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ. 

މި މައްސަލަ ބަލައިގަތުމަށް 40 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.