11 Jul 2020 | 11:56
ބީއެމްއެލްގެ މާލޭގެ ގޮފިތަކަށް އޮންލައިން ޓޯކަން ހިދުމަތް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ތައާރަފްކޮށްފިއެވެ.

މި ބަދަލާއެކު، ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެއެވެ. އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެއެވެ. ބޭންކިންގ ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ. ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކޮށްލެވޭނެެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " މި ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ވާނީ ފަސޭހައިން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފަ. މިއާއެކު އޮންލައިންކޮށް ހިދުމަތްތައްފޯރުކޮށްދެވި، ކަސްޓަަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދެވިގެންދިޔަ. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯދެއްވުމަށް. އޮންލައިން ކިއު ގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ."

ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗް، ކަސްޓަމަރ ސަރވިސް ސެންޓަރ، މާލެ ބިޒްނަސް ސެންޓަރ، ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކެން ލިބިގެންދާނެއެވެ. ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިންގ ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައެވެ. އޮންލައިން ކިއު ޓޯކަންއާ ގުޅޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/online-queue-tokens ލިބެން ހުންނާއެވެ.

އާންމު ފަރުދުން އެކައުންޓް އޯޕަނިންގ ސެންޓަރ އާއި ލޯން ސެންޓަރ އިން ހިދުމަތް ހޯދުމަށާއި ވިޔަފާރިތަކުން ބިޒްނަސް ސެންޓަރއިން ލޯން އަދި އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމުގައިވާތީ ބޭންކުގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދިހުށަހެޅޭނެއެވެ. އެޕޮއިންޓްމަންޓް އަދި އޮންލައިން ޓޯކަން އާ ނުލައި އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ބްރާންޗްތަކުންނާއި ސަރވިސް ސެންޓަރތަކުން ހިދުމަތް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން މީޑިޔާތަކަށް ފޮނުވި ޕްރެސް ރިލީސްއަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Jun 2026
ފްލައިނާސްގެ ދަތުރުތައް ވީއައިއޭއަށް އަލުން ފަށައިފި
މިއަދު ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ
20 Jun 2026
ފެނަކައިން ވަކިވާން އެދުނު މުއައްޒަފުންގެ އަދަދު 97 ގައި
އަމިއްލައަށް ވަކިވާން ބޭނުންވާ މުއައްޒަފުންނަށް ފެނަކައިން ފުރުސަތު ދީފައިވަނީ އިނާޔަތަކާއެކުގައެވެ
20 Jun 2026
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް
މިހިނގާ ޖޫންމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1,011,473 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ
20 Jun 2026
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑީޕީގެ ކޮމިޓީތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ، ޖޫންމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ
20 Jun 2026
ހުޅުމާލެ ފޭސް ދޭއްގެ ފިހާރައަކަށް ވަދެ ވަޅިއަކުން ބިރުދެއްކި މައްސަލައެއް
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ
20 Jun 2026
ކަނޑުތަކާ ބެހޭ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ މޫދު ހަރަކާތްތައް ފަށައިފި
ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ފެށި މި ހަރަކާތްމިއަދު ހަވީރު 17:30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ
20 Jun 2026
ކުޅިވަރާ ބެހޭ ވުޒާރާއިން ވަރލްޑްކަޕް ރަސްމީ މެޗް ބޯޅައެއް އުއްޗުއަށް ހަދިޔާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ ބޯޅައެއް ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވިއިރު، ދާދި ފަހު އެ ވުޒާރާއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންނަށްވެސް ބޯޅަތަކެއް ހަދިޔާކޮށްފައެވެ
20 Jun 2026
ފަރުމަހުގެ މަސްވެރިކަމުގެ މުބާރާތުން އެއްވަނަ ތުޅާދޫއަށް
ވަގުތު ހަމަވިއިރު ދޮން އިސްމާއީލްގެ ޓީމުން ވަނީ 214 ކިލޯގެ މަސް ބާނާފައެވެ