N/A
N/A
ހަބަރު 13 Jul 2020 | 10:21

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުންތައް ބިނާވެފައިވަނީ ހަމަހަމަކަމާއި އިސްތިގްލާލަށް އިހުތިރާމްކުރުމަށް: ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި އުފެދިފައިވާ ގުޅުންތައް ބިނާވެގެންވަނީ ދެގައުމުގެ މެދުގައި ހަމަހަމަކަން ބާއްވާ، އިސްތިގްލާލަށް އިހުތިރާމްކުރުމަށް ކަމަށް ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޝާންގ ލިޝޮންގ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ހާލަތު ގޯސްވަމުންދާކަމަށް ބުނެ، ޕާކިސްތާނުގެ އަރަބް ނިއުސް ވެބްސައިޓްގައި ޝާއިއުކުރި ލިޔުމަކާއި ގުޅިގެން އެމްޑީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ލިޔުއްވި ހުޅުވާލެވިފައިވާ ސިޓީގެ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

މި ސިޓީގައި ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ އިސްތިގްލާލް ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަށް ވިއްކަވާލެއްވިއެވެ. އެގޮތުން ޗައިނާ ސަރުކާރުން ހިންގާ ކުންފުނިތަކަކަށް ދިވެހިރާއްޖޭގެ 12 ރަށް ވިއްކަވާލައްވާ، އަނބުރާ ނުދެއްކޭނެ ވަރަށް ގައުމު ދަރަނިވެރި ކުރުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެއްވަމުން ސަފީރު ޝާންގ ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވިދާޅުވީ، ޗައިނާއާއި ގުޅުވައިގެން ރައީސް ނަޝީދު ދައްކަވާފައިވަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށެވެ. އަދި އާދައިގެ މައުލޫމާތުތަކެއް ދެނެގަންނަންވެސް ވެރިކަންކުރާ ޕާޓީގެ ލީޑަރަށް ވަގުތު ނުލިބޭތީ ހިތާމަކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި 12 ރަށް ޗައިނާގެ ކުންފުނިތަކުގައި ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ދެގައުމުގެ ދެމެދުގައިވާ ގުޅުންތައް ބިނާވެފައިވަނީ ހަމަހަމަކަމާއި، އިސްތިގްލާލަށް އިހުތިރާމްކުރުމާއި އަދި ދޭދޭ ފައިދާގެ މައްޗަށް ކަމަށެވެ. އަދި ޒިންމާދާރު ބޮޑު ގައުމެއްގެ ހައިސިއްޔަތުން، ޖީ20ގެ ދަރަނި ދެއްކުން ފަސްކުރުމުގެ އުސޫލަށް ދިވެހިރާއްޖެއާއި މެދު ޗައިނާއިން އަމަލުކުރަމުންދާ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި
03 Nov 2026 ހަބަރު

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި

ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލަށް 2015 ވަނަ އަހަރު، 50 އަހަރުގެ މުއްދަތަކަށް ދިއްފުށިފަޅު ކުއްޔަށް ދޫކުރީ، އޭގެ ކުރިން 'ޑީޑް އޮފް އެސައިންމެންޓް' އެއްގެ ދަށުން އޭނާއަށް ލިބިފައިވާ ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައެވެ. ނަމަވެސް، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޙާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން އޭރު ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން
03 Nov 2026 ހަބަރު

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން

މިއަދު ފާހަގަކުރަމުންދާ ނޮވެމްބަރު ތިނެއްގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރައިގެންދާ ފަދަ ތާރީޚީ މުހިންމު ދުވަހެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ވިދާ ބަބުޅައިގެން ދިޔަ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
03 Nov 2026 ހަބަރު

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.