19 Jul 2020 | 13:30
ރާއްޖެ ވަށައި ފުޅައް އަޅައިގެން ފިލާ ތިބި ދުވަސް މާޒީ ވެއްޖެ: އަބްދުﷲ ޝާހިދު

ރާއްޖެ ވަށައިގެން ފުޅައް އަޅައިގެން، ފިލާ ތިބި ދުވަސް މާޒީވެއްޖެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ، އެމްޑީޕީގެ ފަރާތުން ނެރެމުން ފަށާފައިވާ ޚަބަރު ސިޓީގެ ދެވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ޝާހިދުގެ ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވީ 1965 ގައި ދިވެހިރާއްޖެ މިނިވަންވެ، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުވުމުގެ މާކުރިއްސުރެ ދިވެހިރާއްޖެއަކީ އަވަށްޓެރި ޤައުމުތަކާ އިންޑިއާ ކަނޑުގެ އެހެނިހެން ޤައުމުތަކާ ގުޅުން ބަދަހިކޮށް، ގުޅިގެން އުޅުމުގެ ވައްޓަފާޅިއެއް އޮތް ބައެއްކަމަށެވެ.

އެހެންނަމަވެސް ހިތާމަޔަކަށްވީ ރައީސް ޔާމީންގެ ސަރުކާރު، އެސަރުކާރުގެ ޤާބިލްކަމާމެދު އިތުބާރު ގެއްލިފައިވާ މިންވަރުން ބޭރު ޤައުމުތަކާއެކު ރާއްޖެ ބާއްވަމުން އައި ހަރުދަނާ ގުޅުމަށް ބުރޫއަރާފަދަ ސިޔާސަތުތަކެއް ގެންގުޅެން ފެށުންކަމަށް ޝާހިދު ވިދާޅުވިއެވެ. 2018 ގެ ކެމްޕޭނުގައިވެސް ރައީސް ޔާމީނަށް އެންމެ ބޮޑަށް ބަހުގެ ޙަމަލާތައް ދެއްވި ޝާހިދު ވިދާޅުވީ ދޭދޭ ޤައުމުތަކާއެކު ބާއްވާ ގުޅުންތަކަށް، އަބަދުވެސް އެއް ޤައުމު އަނެއް ޤައުމާ ޖައްސައި، ފިތުނަކޮށް ދެބައޮޑުވައިގެން ކުރިއެރުން ލިބޭނެކަމުގެ އުއްމީދުގައި އެފަދަ ސިޔާސަތުތަކެއް ޔާމީންގެ ސަރުކާރުން ގެންގުޅެން ފެށިކަމަށެވެ. އަދި ޚާރިޖީ ސިޔާސަތަކީ ކަނޑައެޅިފައި ހުންނަ އުސޫލީ ބިންގަލެއްގެ މައްޗަށް ބިނާކުރަން ޖެހޭ ސިޔާސަތަކަށް ވާއިރު، އެފަދަ އުސޫލުތައް މުގުރާލައި، އެވަގުތަކަށް ކޮށްލަންޖެހޭ ކަމަކަށް އެކަނި ބިނާކޮށް ކަންކުރަމުން ގެންދިޔަކަމަށް މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ދިވެހި ޤައުމުގެ މިނިވަންކަމާ، ދިވެހި ދައުލަތުގެ ސިޔާދަތާ، ދިވެހި ދިދައިގެ ޝަރަފު ނެގެހެއްޓުމަށް ވައުދުވެ ވެރިކަމަށް އައި ޕާޓީކަމަށާއި، ރައީސް ސޯލިޙްގެ ސަރުކާރުން ބޭރު ޤައުމުތަކާއެކު ބާއްވާ ހުރިހާ ގުޅުމެއް ބާއްވަމުން ދަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުމުގެ މަޤްޞަދުގައިކަމަށެވެ. އަދި އެކަން ހާސިލްވެގެން ދަނީ ދުނިޔޭގެ އެހެނިގެން ޤައުމުތަކާއެކު ދިވެހިރާއްޖެ ގުޅި ލާމެވި، ކުރެވޭ މަސައްކަތްތަކުންކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެމަނިކުފާނަށް ބައިނަލްއަޤްވާމީ ޕްރެޝަރ ބޮޑުކޮށް، ކޯލިޝަން ސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޝާހިދެވެ. "ހިބަރު ވަދެއްގައި ޖައްސައި، ނަގާ ތައްޓު މައްޗަށް ޖަހާލާނެ" ކަމަށް ވިދާޅުވެ، ކެމްޕޭންގައި ޝާހިދު ދެއްކެވި ވާހަކަފުޅުތަކަކީ އޭރު ކޯލިޝަން ސަޕޯޓަރުން ކައްކުވާލި ވާހަކަތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.