މަސްތުވާތަކެތި
13 Apr 2024
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މި މީހާ ހައްޔަރު ކޮށްފައިވަނީ އެމީހާ ރާއްޖެއަށް އައި އިރު ގެނައި ދަބަހުގެ ތެރެއިން ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިގެންނެވެ. ހައްޔަރު ކޮށްފައި ވަނީ އަބްދުލް ލަތީފް ބަޗޮލް ނަމަކަށް ކިޔާ، ޢުމުރުން 56 އަހަރުގެ މީހެކެވެ. އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.
09 Apr 2024
މިދިޔަ މަހުގެ ނިޔަލަށް ކަސްޓަމްސް އިން 13.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވޭ
މިއަދު ކަސްޓަމްސްއިން ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު ހާމަކުރައްވާފައެވެ. ޖުމުލަ 13.916 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވާއިރު އެންމެ ގިނައިން އަތުލައިގަނެވިފައި ވަނީ ސިންތެޓިކް ކެތިނޯން އެވެ. އެގޮތުން 6.5 ކިލޯގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައެވެ.
02 Apr 2024
ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކުރިޔާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. އިއްޔެ ކަސްޓަމްސްއިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޔުނިޓުން އެތެރެކުރި ދެ ޕެކޭޖެއް، މާރޗު މަހުގެ 20 ވަނަ ދުވަހު ބަލާ ފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ބާވަތެއް ފެނުމުން، އިތުރަށް ބަލާ ފާސްކުރުމުން، މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
31 Mar 2024
ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަންއަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އޮތް އެންމެ މުހިންމު ޙައްލު - ރައީސް
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އޮތް އެންމެ މުހިންމު ޙައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ރައީސްގެ ވާޖިބު" ޕްރޮގްރާމުގައި، މއ. ބޯޅަކިންކިރިމާގޭ އާއިޝަތު ޝެރީން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢަށް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ސުވާލުކުރެއްވުމުންނެވެ.
18 Mar 2024
ޓެލެގްރާމް ގްރޫޕްގައި 7000 މީހުން، ހަށިވިއްކަން ބޭނުން ކުރީ ހާއްސަ ޓޭކްސީއެއް!
"ޖަޒީރާ" ޓެލެގްރާމް ގްރޫޕުގައި 7000 މިހުން ތިބިކަމަށާއި ހަށިވިއްކުން ޕްރޮމޯޓްކޮށް އެކަން ކުރަން ހާއްސަ ޓެކްސީއެއް ގެންގުޅުންކަމަށް ފުލުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފިއެވެ.