28 Aug 2023
އެންމެ ރަށެއްވެސް ގާނޫނުން ބޭރުން ގާސިމާއި ހަވާލުކުރާކަށްނޭދޭ
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެއްވެސް ރަށެއްވެސް އަދި ފަޅެއްވެސް، ގާނޫނުން ބޭރުން ގާސިމާއި ހަވާލު ކުރަން އެމަނިކުފާނު އެދިފައި ނުވާ ކަމަށާ، އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.