މަތިވެެރީގައި ބޭއްވުނު ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑިޕީ
ހަބަރު
16 Aug 2023 | 17:30
މީގެ ކުރީގެ ސަރުކާރުތަކުގެ ޗާޓަށް ކުދިއާބާދީތަކެއް ނާރާ: ރައީސް ޞާލިޙް

މީގެ ކުރީގެ ސަރުކާރުތަކުގެ ޗާޓަށް ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށް ނާރާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަރިއުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަތިވެރި އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި މަތިވެރިއަށް ކޮންމެވެސް ވަރަކަށް ކަންތައްތަކެއް ކޮށްދެވުނު ނަމަވެސް 2013 އިން 2018 އަށް އައި ސަރުކާރުގައި އަޅާނުލެވި ދިޔަ ކަމަށެވެ.

"މީޔަކީ އެއް ހަމައެކަނި މަތިވެރިއަށް ދިމާވެފައި އޮތް މައްސަލައެއް ނޫން، ރާއްޖޭގެ ގިނަ ރަށްތަކުގެ ޙާލަކީ މިއީ، އަދި ޚާއްސަކޮށް އާބާދީ ކުޑަ ވެއްޖެނަމަ އެއްގޮތަކަށްވެސް ޗާޓަކަށް ނާރާ، އެހެންނަމަވެސް އަޅުގަނޑުމެން ޖަޒީރާ ރާއްޖެގެ ތަޞައްވުރަކާއި އެކީގަ ނުކުތީ  މިކަންތައްތައް ބަދަލު ކުރަން، އެމްޑީޕީގެ އަބަދުގެވެސް ސިޔާސަތަކީ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްޤީ ކުރުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު ހުށައެޅި މެނިފެސްޓޯއާއި އެއްގޮތަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ނިމެމުން ކަމަށެވެ. އަދި މަތިވެރިންވެސް މިހާރު ފެންނަމުން ދަނީ އެމަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މަތިވެރީ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ 2018ގައި މަތިވެރިއަށް ކޮށްދެއްވަން ވަޢުދުވެވަޑައިގަތް ހުރިހާ ކަމެއް ދައުރު ނިމުމުގެ ކުރިން ކޮށްދެއްވައި ނިންމަވާނެ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ އެދުމަކީ މަތިވެރީގެ ރައްޔިތުން ނުކުމެ ވަޑައިގެން ތަރައްޤީއާއި އެކީގައި އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިވެޑައިގެން އަޅުގަނޑަށް ވޯޓު ދެއްވުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިން މަތިވެރިއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވި ގޮތަށް ކުރިއަށް އޮތް ތަނުގައިވެސް މަތިވެރިއަށްޓަކައި ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދަވައި ދެއްވާނެ ކަމަށެވެ.

އަރިއުތުރަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.