ތަރައްޤީ ގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ޕްލޭނިންގ މިނިސްޓްރީ
ހަބަރު
12 Mar 2023 | 17:29
ހަތަރު ރަށެއްގެ ތަރައްޤީ ގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ހަތަރު ރަށެއްގެ ތަރައްޤީ ގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ކ. ހިންމަފުށި ގިރާ ސަރަޙައްދަ ހިމާޔަތް ކުރުމުގެ މަޝްރޫޢުއާއި، އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއި، ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އިތުރުން ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން ގެ މަޝްރޫއުގެ މަސައްކަތެވެ. 

މި މަޝްރޫޢު ތަކުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތި ޝާނާ ފާރޫޤްއެވެ. 

ހިންމަފުށި ގިރާ ސަރަޙައްދަ ހިމާޔަތް ކުރުމުގެ މަޝްރޫޢު

މި މަޝްރޫޢުގެ ދަށުން މިރަށުގައި ރަށުގެ ދެކުނު ފަރާތުން ގިރަމުންދާ ސަރަޙައްދުގައި 160 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 53 މީޓަރުގެ ބޮޑުހިލަ ގްރޮއިން އަދި 127 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުން ހިމެނެއެވެ.

އަދި މީގެ އިތުރުން، އެ ސަރަހައްދުގައި ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބަނދަރު ބޮޑުކުރެވި އަދި ރަށުގެ އުޅަނދުތައް އެހެލުމައްޓަކައި ބޯޓުބީޗިން އޭރިއާއެއް ހެދިގެން ދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެެ.

11,807,280.36 ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. 

މަތިވެރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

މި މަޝްރޫއުގެ ދަށުން މަތިވެރީ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި، ދެކުނު ފަރާތުގައި 70 މީޓަރުގެ 5 ވައިގްރޮއިން، އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، 70 މީޓަރުގެ ވައިގްރޮއިން އަދި އިރުމަތީފަރާތް 5 މީޓަރު ފުޅާމިނަށް ގޮނޑުދޮށް ވެލިއެޅުން ހިމެނެއެވެ. 

24,885,684.00 ރުފިޔާ އަށް މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 240 ދުވަސް ތެރޭގައި ނިންމުމަށެވެ. 

ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު

މި މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަރާތު ބަނދަރުގެ އުތުރުން ބަދަރު ބޮޑުކުރުން، ބަނދަރު ނެރުފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، ބަނދަރު ބޮޑުކުރާ ބައިގެ 200 މީޓަރު ބޮޑުހިލަ ބޭރުތޮށި، ބެކްފިލް ކުރާބައިގެ 130 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 246 މީޓަރުގެ ބޮޑުހިލަ ގްރޮއިން، 249 މީޓަރުގެ ކީވޯލް، 86 މީޓަރުގެ ޖެޓީގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބަނދަރު ބޮޑުކުރެވި އަދި ރަށުގެ އުޅަނދުތައް އެހެލުމައްޓަކައި ބޯޓުބީޗިން އޭރިއާއެއް ހެދިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

79,022,724.12 ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 500 ދުވަސް ތެރޭގައި ނިންމުމަށެވެ. 

ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން ގެ މަޝްރޫއު

މި މަޝްރޫޢުގެ ދަށުން ރަށުގެ ބަނދަރުގައި ޤާއިމްކޮށްފައިވާ ލަކުޑި 7 ޖެޓީއެއް އިތުރު 4 މީޓަރަށް ދިގުކުރުމާއި ޖެޓީތައް ދެމެދު ލަކުޑި ޕްލެޓްފޯމް ޤާއިމްކުރުމާއި ސެޕަރޭޝަން ވޯލްގެ ބައެއް ވަރުގަދަކުރުމާއި މިހާރު ޤާއިމްކޮށްފައިވާ ފްލޯޓިންގ ޕްލެޓްފޯމްތަކުގެ ޕައިލްތައް 75.0 މީޓަރަށް ދިގުކުރުން ހިމެނެއެވެ. 

13,072,687.20 ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 250 ދުވަސް ތެރޭގައި ނިންމުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.