ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
27 Apr 2024
ފާރުފުށި ބަލިކޮށް ސްޓޭންޑާޑުން މުބާރާތް ފެށީ އިތުބާރާއެކު
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް ޑީގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި 3-0 ގެ ނަތީޖާއަކުން ފާރުފުށި ބަލިކޮށް ދަ ސްޓޭންޑާޑް އިން މުބާރާތް ފެށީ އިތުބާރާއެކު އެވެ.
27 Apr 2024
ޖޯލި ބަލިކޮށް ކޯރާ ކޯރާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް ސީގައި ހުކުރު ދުވަހުގެ ރޭ ޖޯލި މޯލްޑިވްސް އާއި ކޯރާކޯރާ މޯލްޑިވްސް ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކޯރާ ކޯރާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
26 Apr 2024
ފަސޭހަކަމާއެކު ބްރައިޓަން އަތުން މޮޅުވެ ޗެންޕިއަން ސިޓީ ދެވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
25 Apr 2024
ފަސޭހަކަމާއެކު ރީތިފަރު ބަލިކޮށް ކުޑަފުށިން މުބާރާތް ފެށީ އިތުބާރާއެކު
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް އޭގައި ރީތިފަރު ރިސޯޓާއި ކުޑަފުށި ވާދަކުރި މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުޑަފުށިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
25 Apr 2024
ފަހަތުން އަރައި މާމުނަގައު އިން މީދުއްޕަރު މޮޅުވިޔަނުދީ ހިފަހައްޓައިފި
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް އޭގައި މީދުއްޕަރާއި މާމުނަގައު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
24 Apr 2024
ރާބަދި ޗެލެންޖް 2024 މާދަމާ ރޭ ފަށަނީ
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" މާދަމާ ރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
24 Apr 2024
ރަށުން ބޭރުގައި ލާޒިއޯ އަތުން ބަލިވި ނަމަވެސް ފައިނަލުގެ ޖާގަ ޔުވެންޓަސް އަށް
ކޮޕާ އިޓާލިއާ ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ލާޒިއޯ އަތުން ބަލިވި ނަމަވެސް މުބާރާތްގެ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދައިފި އެވެ.
24 Apr 2024
ރަށުން ބޭރުގައި އަލް ހިލާލް އަތުން ބަލިވި ނަމަވެސް އަލް އައިން ފައިނަލަށް
އޭއެފްސީ ޗެންޕިއަންސް ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން އަލް ހިލާލް އަތުން ބަލިވި ނަމަވެސް ޔޫއޭއީގެ އަލް އައިން އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
24 Apr 2024
ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް އިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
23 Apr 2024
ާާާއޭސީ މިލާން ބަލިކޮށް، ލީގު ޗެންޕިއަންކަން އިންޓަ މިލާނުން 20 ވަނަ ފަހަރަށް ކާމިޔާބުކޮށްފި
އިޓާލިއަން ސެރިއޭގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން މޮޅުވެ އިންޓަ މިލާނުން ލީގު ޗެންޕިއަންކަން ކަށަވަރު ކޮއްފިއެވެ.
22 Apr 2024
ޕެނަލްޓީގައި ކޮވެންޓްރީ ބަލިކޮށް ޔުނައިޓެޑް އެފްއޭކަޕް ފައިނަލަށް
އިގިރޭސި އެފްއޭކަޕް ސެމީ ފައިނަލު ދެވަނަ މެޗުގައި ހޯމަދުވަހުގެ ޕްރެމިއާޝިޕްގެ ކޮވެންޓްރީ އާއި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅުވެ ޔުނައިޓެޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
21 Apr 2024
ވުލްވްސް އަތުން މޮޅުވެ އާސެނަލް އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެ އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
20 Apr 2024
ވާދަވެރި ކުޅުމަކަށްފަހު ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީ ފައިނަލަށް
އިގިރޭސި އެފްއޭކަޕް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް، އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
20 Apr 2024
މާނޭގެ ދެލަނޑާއެކު އަލް ނަސްރުން ފަރަގު ކުޑަކޮށްފި
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ފެއިހާ 3-1 ގެ ނަތީޖާއަކުން ބަލިކޮށް އަލް ނަސްރުން އެއްވަނައިގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު 9 ޕޮއިންޓަށް ކުޑަކޮށްފިއެވެ.
19 Apr 2024
އިންޑިއާ ބަލިކޮށް ދިވެހި ޓީމު މުބާރާތް ނިންމާލީ މޮޅަކާއެކު
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސްޕެޝިއަލް އޮލިމްޕިކްސް، ސައުތު އޭޝިއާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު އިންޑިޔާ އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބުކޮށްފިއެވެ.
19 Apr 2024
ރަށުން ބޭރުގައި އެޓަލާންޓާ އަތުން މޮޅުވި ނަމަވެސް ލިވަޕޫލު މުބާރާތުން ކަޓައިފި
ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އެޓަލާންޓާ އަތުން މޮޅުވި ނަމަވެސް ލިވަޕޫލު މުބާރާތުން ކަޓައިފި އެވެ.
19 Apr 2024
ލެވަކޫސަން އާއި އެއްވަރުވެ، ވެސްޓްހަމް ވެސް ޔޫރޮޕާ ލީގުން ކަޓައިފި
ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާ ލޭވަކޫސަން އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ވެސްޓްހަމް މުބާރަތުން ކަޓައިފި އެވެ.
18 Apr 2024
އަލް އައިން އަތުން ބަލިވެ، އަލް ހިލާލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް
އޭއެފްސީ ޗެންޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔޫއޭއީގެ އަލް އައިން އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެ، 34 މެޗަށްފަހު އަލް ހިލާލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފިއެވެ.
18 Apr 2024
ރަށުން ބޭރުގައި ބަޔާން މިއުނިކް އަތުން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފި
ޔޫއެފާ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލު ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް އަތުން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.
18 Apr 2024
ޕެނަލްޓީގައި ސިޓީ ބަލިކޮށް ރެއާލް މެޑްރިޑް ސެމީ ފައިނަލަށް
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި، ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗު އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
17 Apr 2024
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެތްލެޓިކޯ ބަލިކޮށް ޑޯޓްމަންޑް ސެމީ ފައިނަލަށް
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވެ، އެތްލެޓިކޯ މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.
17 Apr 2024
އެމްބާޕޭގެ ދެލަނޑާއެކު ބާސެލޯނާ ކަޓުވާލުމަށްފަހު ޕީއެސްޖީ ސެމީ ފައިނަލަށް
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފި އެވެ.
16 Apr 2024
ރެއާލް މެޑްރިޑަކީ ޔޫރަޕުގެ ކިންގް އެކަމަކު ޖެހިލުމެއް ނުވޭ: ގްއާޑިއޯލް
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނުކުންނައިރު، ރެއާލް މެޑްރިޑާއި މެދު ޖެހިލުން ނުވާކަމަށް ސިޓީގެ ޑިފެންޑަރު ގްއާޑިއޯލް ބުނެފިއެވެ.
16 Apr 2024
ޕަމާގެ ހަތަރު ލަނޑާއެކު އެވަޓަން އަތުން ޗެލްސީއަށް ތަފާތުބޮޑު މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ އިން ކާމިޔާބުކޮށްފި އެވެ.
15 Apr 2024
އެސްޓަންވިލާ އަތުން ބަލިވެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެސްޓަންވިލާ އަތުން ބަލިވެ، ލީގު ތާވަލްގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.
15 Apr 2024
ލިވަޕޫލަށް ބަދުނަސީބު ހަފްތާއެއް، ތިން ދުވަސް ތެރޭގައި ދެވަނަ ބަލި
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ، ލީގު ހޯދުމުގެ އަމިއްލަ ބާރު ލިވަޕޫލަށް ގެއްލިއްޖެއެވެ.
14 Apr 2024
ތަފާތުބޮޑު ނަތީޖާއަކުން ލޫޓަން ބަލިކޮށް، އެއްވަނާގައި ސިޓީއަށް 2 ޕޮއިންޓްގެ ލީޑެއް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ލޫޓަން އަތުން މޮޅުވެ ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ކުރީގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
13 Apr 2024
ފެނާންޑޭޒްގެ ދެލަނޑާއެކު، ޔުނައިޓެޑާއި ބޯންމައުތުގެ ކުރިމަތިލުން އެއްވަރު
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-2 ގެ ނަތީޖާއަކުން ބޯންމައުތާއި އެއްވަރުވެ، ލީގު ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު ޔުނައިޓެޑުން ނަގާލައިފި އެވެ.
13 Apr 2024
އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ނިއުކާސަލް ޔުނައިޓެޑަށް ތަފާތުބޮޑު މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ބަލިވެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފިއެވެ.
12 Apr 2024
ފަސޭހަކަމާއި އެކު އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލުން ޗެންޕިއަންކަން ހޯދައިފި
ސައުދީ ސުޕަކަޕް ފައިނަލްގައި އަލް ހިލާލް އާއި އަލް އިއްތިހާދު ވާދަކުރި މެޗު ފަސޭހަކަމާއި 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލުން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.