ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
09 Jun 2024
ތަފާތުބޮޑު ނަތީޖާއަކުން ލޮސްޓް އެންޑް ފައުންޑް ބަލިކޮށް ޓީމު ކެހެޝާ ކުއާޓާ ފައިނަލަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ބީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ޓީމު ކެހެޝާއި އެފްސީ ލޮސްޓް އެންޑް ފައުންޑް ވާދަކުރި މެޗު 9-3 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމުގެ ތެރޭގައި ހިމެނި ޓީމު ކެހެޝާއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
09 Jun 2024
ނާސާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، ގުރޫޕްގެ އެއްވަނަ އިންކޮގްނިޓޯއަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ބީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި އިންކޮގްނިޓޯ އާއި ނާސާ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންކޮގްނިޓޯ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
08 Jun 2024
ނަތީޖާތަކަށް ބަލާއިރު، މިވަގުތު އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް: މެސީ
ނެރެމުންދާ ނަތީޖާތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް ކަމަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
07 Jun 2024
ބެކްޓޫބެކް ބަލިކޮށް ރިޕަރސް ރީ-ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ރިޕަރސް ރީ-ޔުނައިޓެޑާއި އެފްސީ ބެކްޓޫބެކް ވާދަކުރި މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރިޕަރސް ރީ-ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
07 Jun 2024
ރެޑް ވިންގްސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވައިޓް ކެޕްސް ކުއާޓާ ފައިނަލަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި އެފްސީ ރެޑް ވިންގްސް އާއި އެފްސީ ވައިޓް ކެޕްސް ވާދަކުރި 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވައިޓް ކެޕްސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
07 Jun 2024
އޯލްވޭސް ޕްރެޕެއާޑު ބަލިކޮށް ބޮންތަށިން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް އޭގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި 4-2 ގެ ނަތީޖާއަކުން އޯލްވޭސް ޕްރެޕެއާޑް ބަލިކޮށް ބޮންތަށިން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
07 Jun 2024
ފަހަތުން އަރައި ލާސްޓު މިނެޓު ބަލިކޮށް ގޯޓުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް އޭގައި ބުރަސްފަތި ދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި 1-2 ގެ ނަތީޖާއަކުން ލާސްޓު މިނެޓު ބަލިކޮށް ގޯޓުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
07 Jun 2024
ބަމްބްލްބީސް އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ބްލޭޒް މުބާރާތުން ކަޓައިފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024"ގެ އަންހެން ޑިވިޝަނުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ބަމްބްލްބީސް އަތުން ބަލިވެ، ބާކީ އެއްމެޗު އޮއްވައި ބްލޭޒް މުބާރާތުން ކަޓައިފިއެވެ.
05 Jun 2024
ފަހަތުން އަރައި ވައިޓްކެޕްސް އިން ބެކްޓޫބެކް މޮޅުވިޔަނުދީ ހިފަހައްޓައިފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި އެފްސީ ބެކްޓޫބެކް އާއި އެފްސީ ވައިޓް ކެޕްސް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
05 Jun 2024
ޕިންކް ޕެންތާސް އާއި ރެޑް ނޯޓިސް ކުރިމަތިލުން އެއްވަރު
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024"ގެ އަންހެން ޑިވިޝަނުގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ރެޑްނޯޓިސް އާއި ޕިންކް ޕެންތާސް ވާދަކުރާ މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
05 Jun 2024
ވާދަވެރި ކުޅުމަކަށްފަހު ރިޕަރސް ރީ-ޔުނައިޓެޑް ބަލިކޮށް ރެޑްވިންގްސް ކުއާޓާ ފައިނަލަށް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ރިޕަރސް ރީ-ޔުނައިޓެޑާއި ރެޑް ވިންގްސް ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެޑް ވިންގްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
05 Jun 2024
ގޯޓް ބަލިކޮށް އޯލްވޭސް ޕްރެޕެއާޑުން ސެމީގެ އުންމީދު ހަމަހައްޓައިފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް އޭގައި އަންގާރަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި 3-2 ގެ ނަތީޖާއަކުން ގޯޓް އެފްސީ ބަލިކޮށް އޯލްވޭސް ޕްރެޕެއާޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
05 Jun 2024
މުސްލިހްގެ ހެޓްރިކާއެކު ކެހެޝާ ބަލިކޮށް، އިންކޮގްނިޓޯ އިން ކުއާޓާ ޔަގީންކޮށްފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ބީގައި އަންގާރަ ދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި 8-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޓީމު ކެހެޝާ ބަލިކޮށް އިންކޮގްނިޓޯ އިން ބާކީ އެއްމެޗު އޮއްވައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
05 Jun 2024
އާސިފްގެ ދެލަނޑާއެކު ލޮސްޓް އެންޑް ފައުންޑް ބަލިކޮށް ނާސާއިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ބީގައި އަންގާރަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ލޮސްޓް އެންޑް ފައުންޑް ބަލިކޮށް ނާސާ އިން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
04 Jun 2024
ރިޕަރސް ރީ-ޔުނައިޓެޑް ބަލިކޮށް ވައިޓް ކެޕްސް އިން މުބާރާތް ފެށީ އިތުބާރާއެކު
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ހޯމަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ރިޕަރސް ރީ-ޔުނައިޓެޑް ބަލިކޮށް އެފްސީ ވައިޓް ކެޕްސް އިން މުބާރާތް ފެށީ އިތުބާރާއެކުއެވެ.
04 Jun 2024
ބަމްބްލްބީސް އާއި ޕިންކް ޕެންތާސްގެ ކުރިމަތިލުން އެއްވަރު
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024"ގެ އަންހެން ޑިވިޝަނުގައި ހޯމަދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ބަމްބްލްބީސް އާއި ޕިންކް ޕެންތާސް ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
04 Jun 2024
ހުނައިފްގެ ހަތަރު ލަނޑާއެކު ބޮންތަށި ބަލިކޮށް ލާސްޓް މިނެޓު ކުއާޓާ ޔަގީންކޮށްފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް އޭގައި ހޯމަ ދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި ފަސޭހަކަމާއެކު 9-2 ގެ ތަފާތުބޮޑު ނަތީޖާއަކުން އެފްސީ ބޮންތަށި ބަލިކޮށް ބާކީ އެއްމެޗު އޮއްވައި އެފްސީ ލާސްޓް މިނެޓުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
04 Jun 2024
ޗެންޕިއަންސް ލީގު ތައްޓާއެކު ރެއާލްގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް
ޔުއެފާ ޗެންޕިއަންސް ލީގުގެ ތަށި 15 ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ އުފާފާޅުކުރުންތައް މެޑްރިޑުގެ މަގުތަކުގައި ކުރިއަށް ދަނިކޮށް ހޯމަ ދުވަހު ރެއާލް މެޑްރިޑުން ވަނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެ ކުލަބަށް ސޮއި ކުރިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.
03 Jun 2024
ޓީމު ކެހެޝާއި, ނާސާގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ބީގައި ރޭ ޓީމު ކެހެޝާއި ނާސާ ވާދަކުރި ފޯރިގަދަ މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
03 Jun 2024
މުސްލިހްގެ ދެލަނޑާއެކު ލޮސް އެންޑް ފައުންޑް އަތުން އިންކޮގްނިޓޯއަށް ފަސޭހަ މޮޅެއް
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ރޭ އިންކޮގްނިޓޯ އާއި ލޮސް އެންޑް ފައުންޑާ ވާދަކުރި މެޗު ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންކޮގްނިޓޯ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
03 Jun 2024
ތަފާތުބޮޑު ނަތީޖައަކުން ބެކްޓޫބެކް ބަލިކޮށް ރެޑް ވިންގްސް މުބާރާތް ފެށީ އިތުބާރާއެކު
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ރޭ އެފްސީ ބެކްޓޫބެކް އާއި އެފްސީ ރެޑް ވިންގްސް ވާދަކުރި މެޗު ފަސޭހަކަމާއެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރެޑް ވިންގްސް މުބާރާތް ފެށީ އިތުބާރާއެކުއެވެ.
02 Jun 2024
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ގޯޓް އެފްސީ އިން ބޮންތަށި ބަލިކޮށްފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް އޭގައި ރޭ ގޯޓް އެފްސީ އާއި ބޮންތަށި ވާދަކުރި މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން މޮޅުވެ ގޯޓު އެފްސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
02 Jun 2024
އަމީނާގެ ދެލަނޑާއެކު ބްލޭޒް ބަލިކޮށް ރެޑްނޯޓިސް އިން ފެށުން ރަނގަޅުކޮށްފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024"ގެ އަންހެން ޑިވިޝަނުގައި ރޭ ރެޑް ނޯޓިސް އާއި ބްލޭޒް ވާދަކުރި މެޗު 2-0 ގެ ނަތީޖައަކުން ކާމިޔާބުކޮށް ރެޑް ނޯޓިސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
02 Jun 2024
ފަސޭހަކަމާއެކު އޯލްވޭސް ޕްރެޕެއާޑް ބަލިކޮށް އެފްސީ ލާސްޓް މިނެޓުން ފެށުން ރަނގަޅުކޮށްފި
"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް އޭގައި ރޭ އެފްސީ ލާސްޓް މިނެޓާއި އޯލްވޭސް ޕްރެޕެއާޑް ވާދަކުރި މެޗު ފަސޭހަކަމާއެކު 7-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލާސްޓް މިނެޓުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
02 Jun 2024
ވާދަވެރި ކުޅުމަކަށްފަހު ޑޯޓްމަންޑް ބަލިކޮށް ރެއާލް ޗެންޕިއަންކަން ހޯދައިފި
ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ހޮނިިހިރު ދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ބޮރޫޝިއަ ޑޯޓްމަންޑް ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިިއެވެ.
31 May 2024
ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024 މާދަމާ ފަށަނީ
އެއާރޕޯޓް ރެޕްސް ރެކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ފެށުމައްޓަކައި އެންމެ ފަހުގެ ތައްޔާރުވެފައިވާކަމަށް އެކުލަބުން ބުނެފިއެވެ.
30 May 2024
އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ފިއޮރެންޓީނާ ބަލިކޮށް އޮލިންޕިއާކޯސް ޗެންޕިއަންކަން ހޯދައިފި
ޔުރޮޕާ ކޮންފަރެންސް ލީގު ފައިނަލުގައި ބުދަ ދުވަހުގެ ރޭ، އެންމެ ފަހުގެ ރަނަރަޕް އިޓަލީގެ ފިއޮރެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ގްރީސްގެ އޮލިންޕިއާކޯސް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
28 May 2024
ލީގު ފަހު މެޗުގައި ރޮނާލްޑޯއަށް ޚާއްސަ ދެ ރެކޯޑެއް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޯމަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް އިއްތިހާދާއި ދެކޮޅަށް ކުޅުނު މެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު ސައުދި ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑުގެ އިތުރުން ހަތަރު ލީގެއްގައި ޓޮޕް ސްކޯރާ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފު ރޮނާލްޑޯއަށް ލިބިއްޖެއެވެ.
27 May 2024
ޒަވީގެ ވަދާއީ މެޗުގައި ސެވިއްޔާ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސެވިއްޔާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާއިން ސީޒަން ނިންމާލީ ލީގު ތާވަލުގެ ދެވަނައިގައެވެ.
27 May 2024
ފުޓްސަލް ވޯލްޑްކަޕް 2024: ޗެންޕިއަން ޕޯޗުގަލް މޮރޮކޯއާއި އެއްގުރޫޕެއްގައި
އުޒްބަކިސްތާނުގައި މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ފުޓްސަލް ވޯލްޑްކަޕް 2024 ގެ ގުރުލުން މިރޭ ބާއްވައިފިއެވެ.