07 Jan 2023
އެވަޓަން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އެފްއޭ ކަޕް 4 ވަނަ ބުރަށް!
އިގިރޭސި އެފްއޭ ކަޕްގައި ރޭ އަމިއްލަ ދަނޑުގައި 3-1 ން އެވަޓަން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ. މެންޗެސްޓަރ ޔުުނައިޓެޑް އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި ރޭގެ މެޗަކީ އޯލްޑް ޓްރެފޯޑްގައި އެޓީމު ޖެހިޖެހިގެން މޮޅުވި 8 ވަނަ މެޗެވެ.