ރަހީމަތު ތީޝާ އަބޫބަކުރު(ވ)، އާމިނަތު ސަމާ ޢަބްދުލްލަތީފް(ކ) / ފޮޓޯ: އައި-ޝަޓަރ
ކުޅިވަރު
06 Jan 2023 | 02:33
17 އަހަރުން ދަށުގެ ސިންގަލްސް ޗެންޕިއަންކަން ތީޝާ އަދި ޔުސްރުއަށް

ނައިފަރު އޯޕަން 2023 ބެޑްމިންޓަން މުބާރާތުގެ ކިޑްސް ޑްރޯގެ 17 އަހަރުން ދަށުގެ ސިންގަލް، އަންހެން ޗެންޕިއަންކަން ރަހީމަތު ތީޝާ އަބޫބަކުރު އަދި ފިރިހެން ޗެންޕިއަންކަން އަޙްމަދު ޔުސްރު މުޙައްމަދު މިއަދު ހޯދައިފިއެވެ.

މިއަދު ހަވީރު ނައިފަރުގައި ކުރިއަށް ދިޔަ ފައިނަލްގައި 17 އަހަރުން ދަށުގެ ސިންގަލް، އަންހެން ޗެންޕިއަންކަން ރަހީމަތު ތީޝާ އަބޫބަކުރު ހޯދީ ފައިނަލުގައި އާމިނަތު ސަމާ ޢަބްދުލްލަތީފް އާއި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށް ފަހު 15/8 , 15/11 ން މެޗު ކާމިޔާބުކޮށްގެން ނެވެ.

17 އަހަރުން ދަށުގެ ސިންގަލް، އަންހެން ޗެންޕިއަން ރަހީމަތު ތީޝާ އަބޫބަކުރު / ފޮޓޯ: އައި-ޝަޓަރ

މި އުމުރު ފުރައިގެ ފިރިހެން ޗެންޕިއަންކަން އަޙްމަދު ޔުސްރު މުޙައްމަދު ހޯދީ ފައިނަލްގައި މުޙައްމަދު ވާއީ ޢަބްދުލްވާޙިދު އާއި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށް ފަހު 13/15 , 12/15 ން މެޗު ކާމިޔާބުކޮށްގެން ނެވެ.

17 އަހަރުން ދަށުގެ ސިންގަލް، ފިރިހެން ޗެންޕިއަން އަޙްމަދު ޔުސްރު މުޙައްމަދު / ފޮޓޯ: އައި-ޝަޓަރ

120 ބައިވެރިންނާއި އެކު 2022 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 11 ގެ ނިއަލަށް ކުރިއަށްދާ މި މުބާރާތަކީ، ޅ.ނައިފަރުގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ފަރާތުން އިންތިޒާމްކޮށްގެން މި އަހަރު އަލަށް ބާއްވަން ފެށި މުބާރާތެކެވެ.

އަޙްމަދު ޔުސްރު މުޙައްމަދު(ކ)، މުޙައްމަދު ވާއީ ޢަބްދުލްވާޙިދު(ވ) / ފޮޓޯ: އައި-ޝަޓަރ

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ, ކޯރާ ކޯރާ މޯލްޑިވްސް އެވެ. މީގެ އިތުރުން މުބާރާތުގެ އިވެންޓް ޕާރޓްނާރސް ގޮތުގައި ފުޝިފަރު މޯލްޑިވްސް, ކޮކޫން މޯލްޑިވްސް, ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާއިރު ސަޕޯރޓިންގ ޕާރޓްނާރސް އަކީ ކެފޭ ކެރިސްޕީ, ލޫލޭ, ވާވާ ގްރޫޕް, އަސްކަނި ސްޕޯރޓްސް, ޒުހަލް އެކްސްޕްރެސް, ބަޑީޒް ނެޓް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.