ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
31 Dec 2022 | 13:49
ކްރިސްޓިއާނޯ ރޮނާލްޑޯގެ މިހާރުގެ ކުލަބް އަލް ނަސްރު އެފްސީ!

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒަށް ނިސްބަތްވާ އަލް ނަސްރު އެފްސީ އަކީ 1955 ވަނަ އަހަރު އުފެދުނު ކުލަބެކެވެ. ސައުދީ ޕްރޯ ލީގުގެ ދެ ވަނާގައި މިވަގުތު އޮތް އަލް ނަސްރު އެފްސީ އަކީ އެގައުމުގެ ފުޓްބޯޅަ ތާރީޚްގައި އެންމެ ކާމިޔާބުކު އެއް ކުލަބެވެ. 

ޑޮމެސްޓިކް ލެވެލްގައި އެ ކްލަބުން ވަނީ ނުވަ ޕްރިމިއާ ލީގާއި ހަ ކިންގްސް ކަޕް، ތިން ކްރައުން ޕްރިންސް ކަޕް، ތިން ފެޑެރޭޝަން ކަޕްގެ އިތުރުން ސައުދީ ސުޕަ ކަޕް ދެ ފަހަރަށް ކާމިޔާބުކޮށްފަ އެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އެޓީމުން ވަނީ ދެ ޖީސީސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، 1998 ވަނަ އަހަރު އޭޝިއަން ކަޕް ވިނަރސް ކަޕާއި އޭޝިއަން ސުޕަ ކަޕާއި އެކު އޭޝިއާގެ އެންމެ ޝަރަފުވެރި ދެ މުބާރާތް ކާމިޔާބުކޮށްފައެވެ.

މިރްސޫލް ޕާކް

އެކުލަބުގެ ހޯމް މެޗުތައް ކުޅެ މިރްސޫލް ޕާކް އަކީ 25000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. ހޯމް ޖަޒީގެ ކުލައަކީ ނުލާއި ރީނދުލެވެ. އަވޭ ޖަޒީގެ ކުލައަކީ ނުލާއި ކަޅުކުލައެވެ. 

އަލް ނަސްރު އެފްސީގެ ސްކޮޑްގައި ހިމެނޭ ޤައުމުން ބޭރު ކުޅުންތެރިންގެ ތެރޭގައި ބުރެޒިލް، ސްޕެއިން، ކެމަރޫން، އައިވަރީކޯސްޓް އަދި ކޮލަމްބިއާ އަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެއެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އިގިރޭސި ކުލަބް އާސަނަލް އަދި އިޓަލީގެ ނަޕޯލީއަށް ކުޅުނު ކޮލަމްބިއާގެ ތަޖުރިބާކަރު ގޯލްކީއްޕަރު ޑޭވިޑް އޮސްޕިނާ، ބްރެޒިލްގެ ޤައުމީ ޓީމާއި ޖަރުމަންގެ ބަޔާން މިއުނިކްގެ ކުރީގެ ތަރި ލުއިޒް ގުސްޓާވޯ، ސްޕެއިންގެ ވިލަރެއާލްގެ ކުރީގެ ޑިފެންޑަރ ޔަލްވާރޯ ގޮންޒާލޭޒް ގެ އިތުރުން ނިމިދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވިދާލި ކެމަރޫންގެ ވިންސެންޓް އަބޫބަކަރް ފާހަގަކޮށްލެވެއެވެ.

އަލް ނަސްރުގެ ކުޅުންތެރިން ސަޕޯޓަރުންނާއި އެކު 

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އަލް ނަސްރު އެފްސީ އާއި އެކު ސޮއި ކުރީ 30 ޑިސެންބަރ 2022 ދުވަހު އެވެ. މި ތާރީޚީ އެއްބަސްވުމަކީ މިހާތަނަށް ކުޅިވަރު ކުޅުންތެރިއަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއްބަސްވުމެވެ. އަދި މި އެއްބަސްވުމުގައި ވަާގޮތުން ހަތް އަހަރު ދުވަހު ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް 1.2 ބިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބޭނެއެވެ.

އަލް ނަސްރު އެފްސީގައި ރޮނާލްޑޯއަށް އަހަރަކު 173 މިލިއަން ޕައުންޑް، މަހަކު 14.4 މިލިއަން ޕައުންޑް، ހަފްތާއަކު 3.33 މިލިއަން ޕައުންޑް، ދުވާލަކު 476000 ހަތަރު ލައްކަ ހައްދިހަ ހަ ހާސް ޕައުންޑް، ގަޑިއިރަކަށް 19982 ނަވާރަ ހާސް ނުވަސަތޭކަ އަށްޑިހަ ދެ ޕައުންޑް އަދި ސިކުންތަކު 5.5 ޕައުންޑް ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.