ބްރެންޓްފޯޑް އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
03 Jan 2023 | 00:34
ބްރެންޓްފޯޑުން 85 އަހަރުތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިކޮށްފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-1 ލިވަޕޫލް ބަލިކޮށް، ބްރެންޓްފޯޑުން 2023 ވަނަ އަހަރުގެ ފެށުން ރަގަޅުކޮއްފިއެވެ. އަދި މިއީ ފާއިތުވި 85 އަހަރު ތެރޭގައި ލިގު މެޗެއްގައި ލިވަޕޫލް އަތުން އެޓީމު މޮލުވި ފުރަތަމަ ފަހަރެވެ.

ބްރެންޓްފޯޑް އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން

ލަންޑަންގެ ބްރެންޓްފޯޑް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ލިވަޕޫލްގެ ފުރާންސް ޑިފެންޑަރ އިބްރާހިމާ ކޯނާޓޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި މިހާފުގެ 40 ވަނަ މިނެޓްގައި ބްރެންޓްފޯޑުގެ އިގިރޭސި ޑިފެންޑަރ ބެން މީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ޔޯން ވިސާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ 2-0 އަށް ބަދަލުކޮއްދީފައެވެ. މިއީ ޑެންމާކްގެ މިޑްފީލްޑަރ މަތިއަސް ޖެންސެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ. މި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނުމުނީ 2-0 ން ބްރެންޓްފޯޑު ކުރީގައި އޮވެގެންނެވެ.

ތިން ބަދަލާއެކު ލިވަޕޫލުން ދެވަނަ ހާފުގެ ކުޅުން ފެށިއިރު، މި ހާފުގެ 3 ވަނަ މިނެޓްގައި ލިވަޕޫލުގެ އުރުގުއާއީ ފޯވާޑް ޑާވިން ނުނޭޒް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ގޯލެއް ކަމަށެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އެޓީމުގެ އިގިރޭސި މިޑްފީލްޑަރ އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތިއްޖާ 2-1 އަށް ބަދަލުކޮށްދީފައެވެ. މިއީ އިގިރޭސި ޑިފެންޑަރ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗެމްބަލެއިން ކާމިޔާބުކޮށްދިން ގޯލެކެވެ.

ލިވަޕޫލުން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގެ ދެވަނަ ހާފުގައި ބްރެންޓްފޯޑުން އުފެއްދި ހަމައެކަނި ހަމަލާގައި އެޓީމުން ވަނީ ތިން ވަނަ ލަނޑެއް ކާމިޔާބުކޮށް މި މެޗުން ތިން ޕޮއިންޓް ޔަގީންކޮށްފައެވެ. މި ލަނޑު ފަހު ހާފުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ފޯވާޑް ބްރަޔަން އެމްބިއުމްއޯ އެވެ. 

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ބްރެންޓްފޯޑުން ވަނީ ކުޅުނު 18 މެޗުން 26 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތް ވަނައަށް ޖެހިލާފައެވެ. މި މެޗުން ބަލިވި ލިވަޕޫލަށް 17 މެޗުން ލިބުނު 28 ޕޮއިންޓާ އެކު ލިގު ތާވަލުގައި އެޓީމު އޮތީ 6 ވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.