މެންޗެސްޓަރ ސިޓީ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
09 Jan 2023 | 00:42
މެންޗެސްޓަރ ސިޓީ އިން ޗެލްސީ ލަދުގަންނަވާލައިފި!

އިގިރޭސި އެފްއޭ ކަޕް 3 ވަނަ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ 4-0 ން ބަލިކޮށް މެންޗެސްޓަރ ސިޓީ އެޓީމު ލަދުގަންނަވާލައިފިއެވެ. މިއީ ވޭތުވެދިޔަ 72 ގަޑިއިރު ތެރޭގައި ސިޓީ އަތުން ޗެލްސީ ބަލިވި ދެވަަނަ މެޗެވެ. އަދި މިއީ ފާއިތުވެދިޔަ 25 އަހަރު ތެރޭގައި އިގިރޭސި އެފްއޭކަޕްގެ 3 ވަނަ ބުރުން އެޓީމު ކެޓި ފުރަތަމަ ފަހަރެވެ.

އިގިރޭސި ޕްރެމިއާ ލީގުގައި ދެ ދުވަސްކުރިން ޗެލްސީ އަތުން 1-0 ން ސިޓީ މޮޅުވެފައިވާއިރު މިރޭގެ މެޗަށް އެޓީމުން ނުކުރީ މުހިންމު ގިނަކުޅުންތެރިންތަކެއް ފުރަތަމަ އެގާރައިގައި ނުހިމަނައެވެ. އޭގެ ތެރޭގައި އެޓީމުގެ ޓޮޕް ސްކޯރާ ހާލަންޑްގެ އިތުރުން މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ފާހަގަކޮށްލެވެއެވެ.

އިގިރޭސި މިޑްފީލްޑަރ ފިލް ފޯޑެން 

ސިޓީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި އެޓީމުގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ ފޯވާޑް ރިޔާދު މަހްރޭޒް އެވެ. ސިޓީގެ ދެވަނަ ލަނޑަކީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަޖެހިގެން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލްޖީރިއާގެ ފޯވާޑް ރިޔާދު މަހްރޭޒް މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި

ފުރަތަމަ ހާފުގައި ޗެލްސީއަށް ސިޓީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ 38 ވަނަ މިނެޓްގައި އިގިރޭސި މިޑްފީލްޑަރ ފިލް ފޯޑެން ވަނީ ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ އިގިރޭސި ޑިފެންޑަރ ކައިލް ވޯކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ން މެންޗެސްޓަރ ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ޗެލްސީ އިން ފެށީ ދެ ބަދަލަކާއެކުއެވެ. އަދި މިހާފުގައި އެޓީމުން ކުޅުން ރަގަޅުކޮށް ސިޓީގެ ފަހަތަށް ބާރުބޮޑުކުރި ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. އަދި މި މެޗުގައި ސިޓީއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަލްޖީރިއާގެ ފޯވާޑް ރިޔާދު މަހްރޭޒް އެވެ. 

މިރޭގެ މެޗުން މޮޅުވެ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ފުރުސަތު ހޯދި މެންޗެންޓަރ ސިޓީ ހަތަރުވަނަ ބުރުގައި ވާދަކުރަން ޖެހޭނީ މާދަމާރޭ އާސެނަލް އާއި އޮކްސްފޯޑް ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.