އަލް ނަސްރު އެފްސީގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
01 Jan 2023 | 01:15
އަލް ޚަލީޖް ބަލިކޮށް އަލް ނަސްރު އެފްސީ ލީގު ތާވަލުގެ އެއްވަނަ އަށް!

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަލްނަސްރު އާއި އަލް ޚަލީޖް ވާދަކުރި މެޗު 1-0 ން ކާމިޔާބުކޮށް ލީގު ތާވަލުގެ އެއް ވަނައަށް އަލްނަސްރު ޖެހިލައިފިއެވެ.

މިރޭގެ މެޗަކީ 2022 ޑިސެންބަރ 30 ވަނަ ދުވަހު ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއާގެ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަލްނަސްރު އެފްސީ އަށް ސޮއި ކުރި ފަހުން އެޓިމު ކުލުނު ފުރަތަމަ މެޗެވެ. މިރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 5 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށް ދިނީ ކެމަރޫންގެ ތަޖުރިބާކާރު ފޯވާޑް ވިންސެންޓް އަބޫބަކަރް އެވެ.

އަލްނަސްރު އާއި އަލް ޚަލީޖް ވާދަކުރި މެޗުގެ ތެރެއިން

މިއީ ޢަބްދުއްރަޙްމާން ޣަރީބު ތަނަވަސްކޮށްދިން ފުރުސަތެއްގައި އަބޫބަކަރް ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރީ އަލްނަސްރު އެފްސީ އިންނެވެ. ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނި އަލް ޚަލީޖް އަށެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް ޚަލީޖުން ކުޅުން ރަގަޅުކޮށް ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް މެޗުގެ ނަތީއްޖާއަށް އިތުރު ބަދަލެއްނައިސް މެޗު ނިމުނީ 1-0 އަލްނަސްރު އެފްސީ މޮލުވެގެން ނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު އަލް ނަސްރު އެފްސި ވަނީ ވަގުތީ ގޮތުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެޓީމު 11 މެޗު ކުޅެގެން 26 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އަލްޝަބާބު އަށް 10 މެޗުން 25 ޕޮއިންޓް ލިބިފައިވެއެވެ. އަދި ތިން ވަނަގައި އޮތް އަލް އިއްތިހާދު އެފްސީ އަށް 10 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.

ކޮމެންޓް
ނބބ
އައްނަޞްރު
01 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.