ލެސްޓާ ސިޓީ އާއި ލިވަޕޫލް ވަދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
31 Dec 2022 | 05:12
ވޯޓް ފައިސް ބައިކޮޅަށް ޖެހި ދެ ލަނޑާއި އެކު ލިވަޕޫލަށް މުހިންމު ތިން ޕޮއިންޓް!

ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އާއި ލިވަޕޫލް ވަދަކުރި މެޗުގައި ލެސްޓާގެ ބެލްޖިއަމް ޑިފެންޑަރ ވޯޓް ފައިސް ބައިކޮޅަށް ޖެހި ދެ ލަނޑާއި އެކު 2-1 ން މޮލުވެ ލީގުގައި މުހިންމު ތިން ޕޮއިންޓް ލިވަޕޫލުން ހޯދައިފިއެވެ.

ލެސްޓާ ސިޓީ އާއި ލިވަޕޫލް ވަދަކުރި މެޗުގެ ތެރެއިން

ލިވަޕޫލްގެ އަންފިލްޑްގައި ކުޅެވުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ހޯދީ ލެސްޓާ ސިޓީއިން ނެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރ ކިރްނާން ޑިއުސްބަރީ-ހޯލް އެވެ. މިއީ ޒެންބިއާގެ ފޯވާޑް ޕެޓްސަން ޑާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގައި ލިވަޕޫލުން އެއްވަރު ކުރި ލަނޑަކީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ލެސްޓާ ސިޓީގެ ގޯލަށް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުލުމުގެ ތެރޭގައި އެޓީމުގެ ބެލްޖިއަމް ޑިފެންޑަރ ވޯޓް ފައިސް އަތުން ބައިކޮޅަށްވަން ގޯލެކެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ފުރަތަމަ ހާފުގެ 45 ވަނަ މިނެޓްގައި ލިވަޕޫލް މި މެޗުގައި ފުރަތަމަ ފަހަރަށް ލިޑު ނެގިއެވެ.

ލިވަޕޫލްގެ ދެ ވަނަ ލަނޑަކިީ އެޓީމުގެ އުރުގުއާއީ ފޯވާޑް ޑާވިން ނުނޭޒް ލެސްޓާ ސިޓީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމައްފަހު ގޯލަށް ފޮނުވާލި ހަމަލާއެއް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އަނެއްކާވެސް އެޓީމުގެ ޑިފެންޑަރ ވޯޓް ފައިސް އަތުން ބައިކޮޅަށްވަން ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ނިމުނީ 2-1 ލިވަޕޫލް މޮލުވެގެންނެވެ. މި މޮޅާއި އެކު ލީގުގައި ކުޅުނު 16 މެޗުން 28 ޕޮއިންޓް ލިބިފައި ވާއިރު ލިގު ތާވަލުގައި އެޓިމު އޮތީ ހަ ވަނާގައެވެ. މިރޭގެ މެޗުން ބަލިވި ލެސްޓާ ސިޓީ ލިގުގައި 17 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައި ވަނީ 17 ޕޮއިންޓެވެ. ލީގުގައި އެޓީމު މިވަގުތު އޮތީ 13 ވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.