ހާލަންޑް ލަނޑުޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާއި އެކު އުފާފާޅުކުރަނީ
ކުޅިވަރު
31 Dec 2022 | 22:04
ހާލަންޑް ނުހިފެހެއްޓުނު ނަމަވެސް ސިޓީ މޮޅުވިޔަނުދީ އެވަޓަން އިން ހިފަހައްޓައިފި!

އިގިރޭސި ޕްރެމިއާ ލިގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި އެވަޓަން ވާދަކުރި މެޗު 1-1 ން އެއްވަރުވެ ލީގުގެ އެއްވަނާގައި އޮތް އާސެނަލް އާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރަން ލިބުނު ފުރުސަތު މެންޗެސްޓަރ ސިޓީ އިން ނަގާލައިފިއެވެ.

މި ދެޓީމު އެންމެ ފަހުން ވާދަކުރި ފަސް މެޗުންވެސް ސީޓީ މޮޅުވެފައި އޮތުމުން މިރޭގެ މެޗަކީވެސް ސިޓީއަށް ފަސޭހައިން މޮލުވެވޭނެ މެޗެއްކަމުގައި ކުރިން އޮތީ ބެލެވިފައެވެ. 

ސީޓީގެ ދަނޑުގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓްކުރީ ސިޓީއިން ނެވެ. ނަމަވެސް މިހާފުގައި އެވަޓަންގެ ގޯލާ އަމާޒުކޮށް ސިޓީއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެރްލިންގް ހާލަންޑް ސިޓީއަށް ލީޑު ހޯދައިދިން އިރު މިއީ އެންމެ ފަހުން ސިޓީއަށް ކުޅެދިން ހަތަރު މެޗުގައި ހާލަންޑް ކާމިޔާބުކުރި ފަސް ވަނަ ގޯލެވެ. އަދި ޕްރެމިއާ ލީގުގައި މިސީޒަންގައި އޭނާ ކާމިޔާބުކުރި 21 ވަނަ ގޯލެވެ.

އިގިރޭސި ފޯވާޑް ޑެމަރައި ގްރޭ

ފުރަތަމަ ހާފުގައި އެވަޓަންއަށް ސިޓީގެ ގޯލާއަމާޒުކޮށް އެންމެ ހަމަލާއެއްވެސް އުފެއްދިފައި ނުވާއިރު ދެ ވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރަމުންދިޔައީ ސިޓީ އިން ނެވެ. ނަމަވެސް މި ހާފުގައި ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރާކާކުރެވޭތޯ އެވަޓަން އިން ދިޔައީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން އެޓީމުން އުފެއްދި ހަމަލާއެއްގައި ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެޓީމަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނީ އިގިރޭސި ފޯވާޑް ޑެމަރައި ގްރޭ އެވެ. މިއީ އެޓީމުގެ ސެނަގާލް މިޑްފީލްޑަރ އިދްރީސާ ގުއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްރޭ ކާމިޔާބުކުރި ގޯލެކެވެ.

އެވަޓަން އިން ނަތީއްޖާ އެއްވަރު ކުރުމުން މެޗުގެ ފަހުބައިގައި އިތުރު ލަނޑެއްޖެހޭތޯ މެންޗެސްޓަރ ސިޓީއިން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނުވަދިހަ މިނެޓްގެ ކުޅުންހަމަވެ އިތުރަށް ދެއްކި 11 މިނެޓްގެ ކުޅުން ނިމުނުއިތުވެސް އެވަޓަން އިން ވަނީ ސިޓީއަށް އިތުރު ލަނޑެއް ކާމިޔާބުކުރެވުނު ނުދީ އެޓީމު ހިފަހައްޓާފައެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު 16 މެޗުން ސިޓީއަށް ލިބިފައި ވަނީ 36 ޕޮއިންޓެވެ. އެއް ވަނާގައި އޮތް އާސެނަލް އަަށް 15 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު މިރޭ ބްރައިޓަން އާއި ވާދަކުރާ މެޗުން މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް، ލީގު ތާވަލުގެ ކުރީގައި ނެގުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.