ނޮޓިންހަމް ފޯރެސްޓާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
02 Jan 2023 | 00:55
ރެލިގޭޝަން ޒޯނުގައި އޮތް ފޮރެސްޓް އަތުން ޗެލްސީއަށް މޮޅެއް ނުވެވުނު!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި، ލީގުގެ 18 ވަނާގައި އޮތް ނޮޓިންހަމް ފޯރެސްޓާއި ޗެލްސީ ވާދަކުރި މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓްގައި ޗެލްސީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މެންޗެސްޓަރ ސިޓީއިން އެޓީމާއި ގުޅުނު އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން އެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓް ކުރީ ޗެލްސީ އިންނެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި ނޮޓިންހަމް ފޯރެސްޓް އިން ވެސް ޗެލްސީގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތްކުރިއެވެ.

ނޮޓިންހަމް ފޯރެސްޓް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން

މިރޭގެ މެޗުގެ ދެވަނަ ހާފަކީ ވަރަށް އާދަޔާ ޚިލާފު ހާފެކެވެ. މިހާފުގައި 80 ޕަސެޓް ބޯލްޕޮޒިޝަން ޗެލްސީ އިން ހިފެހެއްޓި ނަމަވެސް ފޯރެސްޓްގެ ގޯލާ އަމާޒުކޮށް މިހާފުގައި އެޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފާ ޚިލާފަށް މިހާފުގައި ފޯރެސްޓުން ވަނީ އެޓީމުގެ ކައުންޓަރ އެޓޭކުތައް ވަރުގަދަކޮށް ޗެލްސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓްގެ ޑިފެންޑަރ ސާޖް އޯރިއާ އެވެ. މިއީ އެޓީމުގެ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރ ވިލީ ބޮލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑަށް ފަހު ވެސް ފޮރެސްޓަށް ވަނީ މެޗުން މޮޅުވުމަށް ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުހިފިފައެވެ.

މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު 16 މެޗުން އެޓީމަށް ލިބިފައި ވަނީ 25 ޕޮއިންޓެވެ. ލީގު ތާވަލުގައި މި ވަގުތު އެޓީމު އޮތީ 8 ވަނާގައެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާއި އެކު 17 މެޗުން ފޮރެސްޓަށް ލިބިފައި ވަނީ 14 ޕޮއިންޓާއި އެކު ލީގުގެ 18 ވަނަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.