އާސެނަލް އާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ކުޅިވަރު
01 Jan 2023 | 00:30
އާސެނަލް އަހަރު ނިންމާލީ ލީގު ތާވަލު ކުރީގައި 7 ޕޮއިންޓްގެ ލީޑަކާއިއެކު!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރައިޓަން 4-2 ން ބަލިކޮށް ލީގު ތާވަލުގެ ކުރީގައި އާސެނަލް އިން 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މިރޭގެ މެޗު ފަށައިގެން ދެވަނަ މިނެޓްގައި އާސެނަލް އިން ވަނީ ލީޑްނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އިގިރޭސި ޒުވާން ފޯވާޑް ބުކަޔޯ ސަކާ އެވެ. މިއީ 2013 ގެ ފަހުން އަވޭ މެޗެއްގައި އާސެނަލް އިން މެޗުގެ މީހާ ކުރީކޮޅު ގޯލެއް ކާމިޔާބުކުރި ފުރަތަމަ މެޗެވެ.

ބްރައިޓަން އިން ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލް އިން އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މިއާއެކު ފުރަތަމަ ހާފު ނިމިގެ ދިޔައީ 2-0 ން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ބްރައިޓަން ކުޅުންތެރިންނަށް ހަމަޖެހިނުލެވެނީސް އާސެނަލް އިން އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއެވެ. ދެ ވަނަ ހާފުގެ 47 ވަނަ މިނެޓްގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޑީ އެންކެޓިއާ އެވެ. އާސެނަލް 3-0 ގެ ލީޑެއްގައި އޮތް ނަމަވެސް ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރީ ބްރައިޓަން އިންނެވެ.

އިގިރޭސި ޒުވާން ފޯވާޑް ބުކަޔޯ ސަކާ އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދެނީ

މިމެޗުގައި ބްރައިޓަން އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖަޕާނުގެ މިޑްފީލްޑަރ ކައޯރު މިޓޯމާ އެވެ. މި ލަނޑާއި އެކު ބްރައިޓަން އިން މެޗުގެ ތެރެއަށް އެބުރި އައި ނަމަވެސް އަނެއްކާ ފެނިގެން ދިޔައީ އާސެނަލްގެ ލަނޑެކެވެ.

ދެވަނަ ހާފުގެ 71 ވަނަ މިނެޓްގައި ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއަލް މާޓިނެލީ އެވެ. 

އާސެނަލް 4-1 ގެ ނަތީއްްޖާއަކުން މޮޅުވާން ދަނިކޮށް ބްރައިޓަން އަށް މެޗުގެ ނަތީއްޖާގެ ފަރަގު ކުޑަކޮށްދިނީ ފަހު ހާފުގެ 77 ވަނަ މިނެޓުގައި އަޔަލޭންޑްގެ ފޯވާޑް އީވާން ފާގަސަން އެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި ބްރައިޓަންގެ ޖަޕާން މިޑްފީލްޑަރ ކައޯރު މިޓޯމާ އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 4-2 ން އާސެނަލް މޮލުވެގެން ނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 16 މެޗުން އެޓީމަށް ވަނީ 43 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނާގައި ވާ މެންޗެސްޓާރ ސިޓީއަށް 16 މެޗުން ލިބިފައި ވަނި 36 ޕޮއިންޓެވެ. މިއާއެކު 2022 ވަނަ އަހަރާއި އެޓީމުން އަލްވަދާއުކީ ޕްރެމިއާ ލީގު ތާވަލުގެ ކުރީގައި 7 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.