ރިޔާދު މަހްރޭޒް ލަނޑުޖެހުމަށް ފަހު އުފާފާލުކުރަނީ
ކުޅިވަރު
06 Jan 2023 | 05:34
ސިޓީ އަތުން ބަލިވެ ޗެލްސީ ޕްރެމިއާ ލީގުގެ 10 ވަނައަށް ވެއްޓިއްޖެ!

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ އިމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއަތުން ބަލިވެ ޗެލްސީ ޕްރެމިއާ ލީގު ތާވަލުގެ 10 ވަނައަށް  ވެއްޓިއްޖެއެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅެވުނު މެޗު ސިޓީ އިން ކާމިޔާބުކުރީ 1-0 ގެ ނަތީއްޖާއަކުންނެވެ. 

މި ދެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުންގެ ތެރެއިން ތިން މެޗުން ސިޓީ މޮޅުވެފައިވާއިރު އެންމެ ނިމިފައިވަނީ އެއްވަރުވެގެންނެވެ. ޗެލްސީއަށް އެންމެ ފަހުން މެންޗެސްޓަރ ސިޓީ ބަލިކުރެވިފައި ވަނީ 2021 ވަނަ އަހަރުގެ ޗެންޕިއަންސް ލީގު ފައިނަލް މެޗުގައެވެ. އެމެޗު ޗެލްސި ކާމިޔާބުކުރީ 1-0 ގެ ނަތީއްޖާއަކުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަަމަހަމަ ކުޅުމެއްފެނުނު އިރު މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން އަށް އަނިޔާވެގެން ބަދަލުކުރަންޖެހުނުއިރު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިކް އަށް އަނިޔާވުމުން ޗެލްސީއަށް އިތުރު މައްސަލަތަކެއް ދިމާވިއެވެ.

ކްރިސްޓިއަން ޕުލިސިކް އަށް އަނިޔާވުމުން ދަނޑުމަތީގައި ފަރުވާދެނީ

ފުރަތަމަ ހާފުގައި އަނިޔާވެގެން ބޭލި ދެ ކުޅުންތެރިންގެ ބަދަލުގައި ކުޅެން ނުކުތީ ޕިއޭ-އެމެރިކް އޮބަމަޔަންގް އާއި ކާނީ ޗުކްވުއެމެކާ އެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ސިޓީގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑްއަށް ޗެލްސީ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދަނޑިމަތިން ދިޔައީ ބޭރަށެވެ.

ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން

ފުރަތަމަ ހާފުގައި ޗެލްސީ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗުކްވުއެމެކާ އަށެވެ. ފުރަަތަމަ ހާފުގެ 44 ވަނަ މިނެޓްގައި ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ވާތްފަރާތު އަރިމަތީ ދަނޑިއަށެވެ. 

ދެވަނަ ހާފުގެ 51 ވަނަ މިނެޓްގައި ސިޓީގެ ނެދަލޭންޑްސް ޑިފެންޑަަރ ނަތަން އަކޭ ޗެލްސީ ގޯލްކުރިމަށްޗަށް ހުރަސްކޮއްލި ބޯޅައެއް ގޯލް އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދެވަނަ ފަހަރަށް ލިބުނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރ ބާނާޑޯ ސިލްވާ އަށެވެ. އޭނާ މުޅިން ހުސްކޮށްއޮވެ ފޮނުވާލި ބޯޅަ ޗެލްސީ ކުޅުންތެރިން ބުލޮކުރިއެވެ.

މެންޗެސްޓަރ ސިޓީގެ ހަމައެކަނި ލަނޑު ރިޔާދު މަހްރޭޒް ކާމިޔާބުކުރަނީ

މިހާފުގައި ޗެލްސީ އިން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ބުރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރ ސިލްވާ އަށެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައިރު، މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރިޔާދު މަހްރޭޒް އެވެ. މިއީ އިގިރޭސި މިޑްފީލްޑަރ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓައި އެކު މެންޗެސްޓަރ ސިޓީ އިން ވަނީ 17 މެޗުން 39 ޕޮއިންޓް ހަމަކޮށް އެއްވަނާގައި އޮތް އާސެނަލް އާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮއްފައެވެ. އަދި މިރޭގެ މެޗުން ބަލިވުމުން ޗެލްސީ ވަނީ ލީގު ތާވަލުގެ 10 ވަނައަށް ވެއްޓިފައެވެ. އެޓީމަށް 17 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.