ރޮނާލްޑޯ އަލް ނަސްރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ
ކުޅިވަރު
04 Jan 2023 | 01:37
ކްރިސްޓިއާނޯ ރޮނާލްޑޯ: ޔޫރަޕް ފަތަހަކުރެވިއްޖެ، މިހާރު ބޭނުމީ އޭޝިއާގައި ކާމިޔާބު ހޯދަން!

މީހުން ކިޔާ ފާޑުކިޔުންތަކާމެދު ކަންބޮޑުވެ، އެކަމަށް ރައްދުދީ ހަދަން ބޭނުމެއްނޫން ކަމަށާއި. އަލް ނަސްރަށް ބަދަލުވީ އެޓީމާ އެކު ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް އިތުރު ތަށި ތަކެއް ހޯދުމަށް ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ދައްކާލުމުގެ ގޮތުން މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގެ ކުރިން ނުސްވެރިންނާއި ވާހަކަ ދަށްކަމުން ރޮނާލްޑޯ ބުނީ ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް ސައުދީއަށް ބަދަލުވީ ހުށަހެޅުންތަކެއް ނުލިބިގެން ނޫންކަމަށާއި ޔޫރަޕްގައި ފުޓްބޯޅަ ކުޅެގެން ކުޅުންތެރިއަކަށް ހާސިލްކުރެވޭނެ ހުރިހާ ކާމިޔާބީއެއް ހާސިލްކުރެވިފައިވާ ކަމަށެވެ.

ރޮނާލްޑޯ ނޫސްވެރިންނާއި ވާހަކަ ދައްކަނީ

މީޑިއާގައި ރޮނާލްޑޯގެ މި ނިންމުމާއި ގުޅިގެން ފާޑުކިޔާ ފަރާތްތަކުގެ ވާހަކަތަކަށް ރައްދުދެމުން ރޮނާލްޑޯ ބުނީ، މިއީ އޭނާއަށް މިކަމާ ގުޅޭގޮތުން ވާހަކަދެއްކޭނެ ވަގުތެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ސޮއި ހޯދުމަށް ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ގިނަ ކުލަބުތަކަކުން މަސައްކަތް ކުރިކަމަށެވެ. އެގޮތުން ޕޯޗުގަލް، ބްރެޒިލް، އަދި އޮސްޓްރޭލިއާގެ އިތުރުން އެމެރިކާގެ ބައެއް ކުލަބުތަކުން ވެސް އޭނާއާ މަޝްވަރާކޮށް، އެ ކުލަބުތަކަށް އޭނާ ގެންދަން މަސައްކަތްކޮށްފައިވާކަމަށް ރޮނާލްޑޯ ބުންޏެވެ.

އެހެންނަމަވެސް އޭނާ އެއްބަސްވުމަކަށް އައީ ވެސް އަދި ރަސްމީކޮސް މިފަދަ މަޝްވަރާތައް ކުރީ ވެސް ހަމައެކަނި އަލް ނަސްރާއެކު ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ. ރޮނާލްޑޯ އިތުރަށް ބުނީ، އަލް ނަސްރަށް އޭނާ ބަދަލުވާން ނިންމި ނިންމުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ނިމުންކަމަށް ބައެއް ފަރާތްތަކުން ވާހަކަ ފެތުރި ނަމަވެސް ، އެހެން އެ ބުނަނީ ފުޓުބޯޅަ ރަނގަޅަސް ނޭނގޭ މީހުން ކަމަށެވެ. އަދި ސައުދީ ލީގަކީ ވާދަވެރިކަން ބޮޑު ލީގެއް ކަމަށާއި، މިއީ އޭނާގެ ކެރިއަރުގެ މުޅިން އާފެށުމެއްކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ އަލް ނަސްރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ

ސައުދީ ލީގާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ދުނިޔޭގެ ފުޓްބޯޅަ މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށައި ހާއްސަކޮށް އޭޝިއާގެ ފުޓްބޯޅަ ވަރަށް ފެންވަރު ރަގަޅުވެއްޖެކަމަށެވެ. އަދި މިސާލެއްގެ ގޮތުން ނިމިދިޔަ ވޯލްޑް ކަޕްގައި ސައުދީ ޓީމުން މުބާރާތުގެ ޗެންޕިއަން އާޖެންޓީނާ ބަލިކުރުން ފަހަގަކޮށް އޭޝިއާގެ ޓީމުތަކުން ދައްކަމުން އަންނަ ކުޅުމަށް ރޮނާލްޑޯ ވަނީ ތައުރީފުކޮއްފައެވެ.

ރޮނާލްޑޯ ބުނީ އޭނާއަކީ ހާއްސަ ކުޅުންތެރިއެއް ކަމަށާއި މި ސަބަބާއި ހުރެ އޭނާ އާއި އަލް ނަސްރާއި ދެމެދު ވެވުނު އެއްބަސްވުމަކީ ވެސް ޚާއްސަ އެއްބަސްވުމެއްކަމަށެވެ.

ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލުވީ ގާތްގަޑަކަށް އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ އެ ކުލަބުގައި ކުޅުންތެރިއެއްގެ ގޮތުގައި ދެ އަހަރާއި ބައިގެ މުއްދަތަކަށް މަޑުކުރާނެއެވެ. އަދި އެއައްފަހު ސައުދީ ފުޓްބޯޅަ ޕްރޮމޯޓްކުރުމަށް އެމްބެސެޑާއެއްގެ ގޮތުގައި އިތުރު ހަތަރު އަހަރާއި ބައި މަސައްކަތްކުރުމަށް މި އެއްބަސްވުމުގެ ދަށުން ހަމަޖެހިފައި ވެއެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ، ކުލަބެއް ނެތި މަހެއްހާ ދުވަސް ހުރުމަށްފަހުއެވެ. 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އިޓަލީގެ ޖުވެންޓަސް ދޫކޮށް ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު، މިދިޔަ ނުވެމްބަރު މަހު އެކުލަބުން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތް މަސް ދުވަސް އޮއްވައި އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

ޔުނައިޓެޑުން މި އެއްބަސްވުން ބާތިލުކުރީ ޓީމުގެ ކޯޗާއި މެނޭޖްމަންޓާ މެދު ރޮނާލްޑޯގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހާމަކޮށް އިގިރޭސި މަޝްހޫރު ނޫސްވެރިއެއްކަމަށްވާ ޕިއަރސް މޯގަން އަށް އޭނާ ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.