ލެންސް ކޮޅަށް ލަނޑުޖެހުމަށް ފަހު ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
02 Jan 2023 | 02:13
ޕިއެސްޖީ ބަލިކޮށް ލެންސް ދެވަނާގައި ހަމަޖެހިލައިފި

ފުރާންސް ލީގުގައި މިރޭ ރަށުން ބޭރުގައި ލެންސް އާއި ވަދަކޮށް އެންމެ ފަހުގެ ޗެންޕިއަން ޕީއެސްޖީ 3-1 ބަލިވެއްޖެއެވެ. މިރޭގެ މެޗަށް ޕީއެސްޖީ ނުކުތް އިރު އެޓީމުގެ އެންމެ މުހިންމު ދެކުޅުންތެރިން ކަމަށްވާ މެސީ އާއި ނޭމާ ޓީމުގައި ނުހިމެނެއެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އަދިވެސް ހުރީ ޗުއްޓީގައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ނޭމާ ހުރީ ސަސްޕެންޝަނުގައެވެ. 

މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ލެންސް އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ މިޑްފީލްޑަރ ޕްރޮޒެމިސްލޯ ފްރޭންކޮވްސްކީ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީގެ ޒުވާން ފޮވާޑް ހޫގޯ އެކިޓިކޭ ވަނީ ލަނޑެއްކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދީފައެވެ. 

ލެންސް ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ފުރާންސް ލިގުގެ ދެވަނާގައި މިވަގުތު އޮތް ލެންސް އިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ލޮއިސް އޯޕަންޑާ އެވެ. މިއީ އައިވަރިކޯސްޓްގެ މިޑްފީލްޑަރ ސެކޯ ފޮފާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓް ކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ލެންސް ކުރީގައި އޮވެގެން ނެވެ.

ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ލެންސް އިން ވަނީ އިތުރު ލަނޑެއްކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރާންސްގެ ޒުވާން ފޯވާޑް އެލެކްސިސް ކްލައުޑް-މޮރިސް އެވެ. މިއީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ލޮއިސް އޯޕަންޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ލެންސް އިން ވަނީ 17 މެޗުން 40 ޕޮއިންޓް ހަމަކޮށް އެއްވަނާގައި އޮތް ޕީއެސްޖީ އާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. މިރޭގެ މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އަދިވެސް އޮތީ ލީގު ތާވަލުގެ އެއްވާނާގައެވެ. ލީގުގައި ކުޅުނު 17 މެޗުން އެޓީމަށް ވަނި 44 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.