ބުރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާ
ކުޅިވަރު
07 Jan 2023 | 07:50
ޓަލިސްކާގެ ދެ ލަނޑުން އަލް ނަސްރަށް ފަސޭހަ މޮޅެއް!

ސައުދީ ޕްރެމިއާ ލީގުގައި އަމިއްލަ ދަނޑުގައި އަލް ތާއީ 2-0 ން ބަލިކޮށް އަލް ނަސްރު އިން ލީގުގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ބުރަސްފަތި ދުވަހުގެ ރޭ ކުޅުމަށް ޝެޑިއުލް ކުރެވިފައި އޮތް މި މެޗު ރެއަށް ލަސްކުރެވުނީ ސައުދީއަށް ވަރަށް ބޮޑަށް ވިއްސާރަވެ އަލް ނަސްރުގެ ސްޓޭޑިއަމުން ކަރަންޓު ކެޑިގެންނެވެ.

ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި އަލް ނަސްރު ޓީމަށް ލީޑު ހޯދައި ދިނީ ބްރެޒިލްގެ ފޯވާާޑް އެންޑަސަން ޓަލިސްކާއެވެ. މިއީ ސައުދީގެ ޑިފެންޑަރ އައްސުލްޠާން އަލް ޣަންނަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަލް ނަސްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި އެޓީމުގެ ދެވަނަ ލަނޑު ފަހު ހާފު ފެށިގެން ދެވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީވެސް ޓަލިސްކާ އެވެ. މި ލިނޑަކީ އަލް ނަސްރުގެ ކޮލަމްބިއާ ގޯލްކީއްޕަރު ޑޭވިޑް އޮސްޕިނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

އަލް ނަސްރުގެ ސަޕޯޓަރުން ރޭގެ މެޗުގައި 

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު އަލް ނަސްރު އަށް 12 މެޗުން 29 ޕޮއިންޓާއި އެކު ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ. ދެ ވަނާގައި އޮތް އަލް ޝަބާބަށް 11 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި އަލް ތާއީ މިވަގުތު އޮތީ 12 މެޗުން ލިބުނު 18 ޕޮއިންޓާއި އެކު 16 ޓީމު ހިމެނޭ ލީގު ތާވަލުގެ ހަތް ވަނާގައެވެ.

ލަނޑުޖެހުމަށް ފަހު އަލް ނަސްރުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއާގެ ގޮތުގައި ކުރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވި ފަހުން ކުޅުނު ދެވަނަ މެޗުންވެސް އެޓީމު މޮޅުވެފައި ވާއިރު, އަލް ނަސްރު އިން އަމިއްލަ ދަނޑުގައި ރޭ އަލް ތާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް ސަޕޯޓަރުން އުއްމީދުކޮށްގެން ތިބި ނަމަވެސް ރޮނާލްޑޯ އަށް މި މެޗުގައި ނުކުޅެވުނީ މިދިޔަ އޭޕްރީލް މަހު މެންޗެސްޓާ ޔުނައިޓެޑާ އެކު ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗެއްގައި އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު އަތުން ޖަހައި ބިމަށް ވައްޓާލި މައްސަލައިގައި އިގިރޭސި އެފްއޭ އިން އޭނާ ދެ މެޗަށް ސަސްޕެންޑް ކޮއްފައިވާތީއެވެ.

ބުރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާ ރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި

ރޮނާލްޑޯ އަށް ސަސްޕެންޝް އައީ ވޯލްޑް ކަޕް ގައި ޕޯޗުގަލްގެ ފުރަތަމަ މެޗު ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އިނގިރޭސި އެފްއޭ އިން ވަނީ އެ މައްސަލައިގައި ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑް ކޮށް، 50،000 ޕައުންޑް (60،000 ޑޮލަރު) އިން ޖޫރިމަނާ ކޮށްފަ އެވެ. ފީފާގެ ގަވާއިދުގައި ވާގޮތުން ރޮނާލްޑޯ ކޮންމެ ގައުމެއްގެ ކްލަބަކަށް ބަދަލުވި ނަމަވެސް ސަސްޕެންޝަން ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މި ސަސްޕެންޝަންގެ ސަބަބުން، ނަސްރު އިން ރޭ ކުޅުނު މެޗުގެ އިތުރުން، އަންނަ ހަފްތާ ވާދަވެރި އަލް ޝަބާބާ ކުޅޭ މެޗުގައި ވެސް ރޮނާލްޑޯ އަށް ނުކުޅެވޭނެ އެވެ. މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ރޮނާލްޑޯ ކުޅޭނެ ކަމަށް ބަލައި ރޭގެ މެޗަށް ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.