ބާސެލޯނާ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
05 Jan 2023 | 10:35
އަންސޫ ފާޓީ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުން ބާސެލޯނާއަށް އުދަގޫ މޮޅެއް

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގައި ހަތަރު ވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ އެފްސީ އިންޓަސިޓީ ވާދަކޮށް ވާދަވެރި ކުޅުމަކަށް ފަހު 4-3 މޮޅުވެ ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފުރަތަމަ އެގާރާއިގައި އާންމުކޮށް ކުޅޭ ބައެއް ކުޅުންތެރިންނާއި ނުލައި ކުލުނު ބާސެލޯނާ ޓީމަށް ރޭގެ މެޗުގައި ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ ހަަތަރު ވަނަ މިނެޓުގައި އުރުގުއާއީގެ ޒުވާން ޑިފެންޑަރ ރޮނާލްޑް އަރައުޖޯ އެވެ. މިއީ ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ޕަބްލޯ ޓޯރޭ ޕަބްލޯ ޓޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިންް ލަނޑެކެވެ. މި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 ން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

  ދެވަނަ ހާފުގައި އެފްސީ އިންޓަސިޓީއަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނީ 56 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރ އޮރިއޯލް ސޮލްޑެވިލާއެވެ. މިއީ އެޓީމުގެ ޑިފެންޑަރ ވަދިކް މުރިޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ބާސެލޯނާ އަށް މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ އުސްމާނޭ ޑެމްބެލޭ އެވެ.

އުރުގުއާއީގެ ޒުވާން ޑިފެންޑަރ ރޮނާލްޑް އަރައުޖޯ

ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ގަވީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެމްބެލޭ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންތާ މާގިނައިރެއް ނުވެ އޮރިއޯލް ސޮލްޑެވިލާ ވަނީ ދެވަނަ ފަހަރަށް އިންޓަސިޓީއަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދީފައެވެ. ކްރިސްޓޯ ރޮމޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ހާފުގެ 73 ވަނަ މިނެޓްގައި އޮރިއޯލް ސޮލްޑެވިލާ މި މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިތާ ކުޑަ އިރުކޮޅެއްފަހުން ބާސެލޯނާއިން މި މެޗުގައި ތިން ވަނަ ފަހަރަށް ލީޑުނެގިއެވެ.

ފަހު ހާފުގެ 77 ވަނަ މިނެޓްގައި ބުރެޒިލްގެ ފޯވާޑް ރާފިންހާ ކާމިޔާބުކުރި ލަނޑާއިއެކު ބާސެލޯނާ މޮޅުވާން ދަނިކޮށް ހަތަރު ވަނަ ޑިވިޝަންގެ ލީގު ތާވަލުގެ 16 ވަނާގައި މިވަގުތު އޮފް އެފްސީ އިންޓަސިޓީ އިން ވަނީ ތިން ވަނަ ފަހަރަށް މި މެޗުގައި ފަހަތުން އަރާ ނަތީއްޖާ ހަމަހަމަކޮޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ސްޕެއިންގެ ޒުވާން މިޑްފީލްޑަރ އޮރިއޯލް ސޮލްޑެވިލާއެވެ.

މިއާއެކު އެނާ ވަނީ މިމެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރުހަމަކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީއްޖާ ނެރުމަށް ކުޅެވުނު 15 މިނެޓްގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި މި މެޗުން ބާސެލޯނާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އަންސޫ ފާޓީއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.