ރަޝްފޯޑް މެންޗެސްޓަރ ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދެނީ
ކުޅިވަރު
07 Jan 2023 | 07:08
އެވަޓަން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އެފްއޭ ކަޕް 4 ވަނަ ބުރަށް!

އިގިރޭސި އެފްއޭ ކަޕްގައި ރޭ އަމިއްލަ ދަނޑުގައި 3-1 ން އެވަޓަން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ. މެންޗެސްޓަރ ޔުުނައިޓެޑް އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި ރޭގެ މެޗަކީ އޯލްޑް ޓްރެފޯޑްގައި އެޓީމު ޖެހިޖެހިގެން މޮޅުވި 8 ވަނަ މެޗެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުހޯދީ މެންޗެސްޓަރ އިންނެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޓަނީ އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެންޗެސްޓަރ އިން ލީޑުނެގިތާ 10 މިނެޓު ފަހުން އެވަޓަން އިން މެޗުގެ ނަތީއްޖާ ހަމަހަމަ ކުރިއެވެ. މި ލަނޑެ އެޓީމަށް ކާމިޔާބުކޮށް ދިނީ އިގިރޭސި ޑިފެންޑަރ ކޮނޯރ ކޯޑީ އެވެ.

އިގިރޭސި ޑިފެންޑަރ ކޮނޯރ ކޯޑީ

ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ މެންޗެސްޓަރ ޔުނައިޓެޑުން ނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މެންޗެސްޓަރ ޔުނައިޓެޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ. މި ލަނޑަކީ މެޗުގެ 52 ވަނަ މިނެޓުގައި އެވަޓަންގެ ޑިފެންޑަރ ކޮނޯރ ކޯޑީ އަތުން ބައިކޮޅަށް ވަންގޯލެކެވެ. ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި އެވަޓަންގެ އިގިރޭސި ފޯވާޑް ޑޮމިނިކް ކަލްވާޓް-ލެވިން ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެޓީމަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އެއި އޮފްސައި ގޯލެއްކަމަށެވެ.

މިރޭގެ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ރަޝްފޯޑް ކާމިޔާބުކޮށްދިން ގޯލެކެވެ. މި ލަނޑާއި އެކު މެޗުގެ ކުޅުން ނިމުނީ 3-1 ން މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.