ހަސަން
ކުޅިވަރު ނޫސްވެރިއެއް
ހަސަން
03 Mar 2023
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާ ހަނިގޮތަކަށް މޮޅުވެއްޖެ!
ކޮޕާ ޑެލް ރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ވާދަކޮށް ހަނިގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއެވެ.
02 Mar 2023
އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ބައިވެރިވާ ޤައުމީ ޓީމު އިއުލާންކޮއްފި!
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިމަހު ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 16 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ބައިވެރިވާ ރައްޖޭގެ ގައުމީ ޓީމު މިއަދު އިއުލާން ކޮއްފިއެވެ. މި ޓީމުގައި ހިމެނެނީ 3 އެތްލީޓުންނާއި އެއް އޮފިޝަލުންނެވެ.
02 Mar 2023
"ޒޯން ދޭއްގެ ފައިނަލްގެ ދެވަނަ ލެގު ފަސޭހައެއް ނުވާނެ"
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯން ދޭއްގެ ފައިނަލުގެ ދެވަނަ ލެގުގައި މާދަމާރޭ އޭދަފުއްޓާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުވާނެކަމަށް އިނގުރައިދޫ ޓީމުން ބުނެފިއެވެ.
02 Mar 2023
ވުލްވްސް ބަލިކޮށް ލިވަޕޫލަށް މުހިންމު މޮޅެއް!
02 Mar 2023
ފަސޭހަކަމާއެކު އެވަޓަން ބަލިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި!
އިގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން އެވަޓަން ބަލިކޮށް އާސެނަލް އިން ޕްރެމިއާ ލީގު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
02 Mar 2023
ފަހަތުން އަރާ ވެސްޓް ހޭމް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އެފްއޭ ކަޕް ކުއާޓާ އަށް!
އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ފަހަތުންއަރާ ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް, މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިފިއެވެ.
01 Mar 2023
ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޖަސްޓް ފޮންޓެއިން މަރުވެއްޖެ!
ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޖަސްޓް ފޮންޓެއިން އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެއެވެ. ފޮންޓެން އަކީ ވޯލްޑްކަޕް އެން މުބާރާތެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިއާއެވެ.
28 Feb 2023
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، ސާފްގެ އަހަރީ އާންމު ބައްދަލުވުން މިއަދު ރާއްޖޭގައި ބާއްވައިފި!
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، ސާފްގެ އަހަރީ އާންމު ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ކްރޮސްރޯޑްސްގެ އިވެންޓް ގޯލުގަ އެވެ.
28 Feb 2023
ފީފާ ދަބެސްޓް އާޖެންޓީނާގެ ފަހަރެއް!
ފުރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ފީފާ ދަބެސްޓް އެވޯޑް ނައިޓުގައި، 2022 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ލިބިއްޖެ އެވެ.
27 Feb 2023
ޓޮޓެންހަމް އަތުން ބަލިވެ، ޗެލްސީގެ ބަލިވުމުގެ ސިލްސިލާ ކުރިއަށް!
27 Feb 2023
އަލްމޭރިއާ އަތުން ބަލިވެ ބާސެލޯނާ އަށް އިތުރު ނުތަނަވަސްކަމެއް!
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި އަލްމޭރިއާ އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ. އަލްމޭރިއާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ.
27 Feb 2023
އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ޔުނައިޓެޑު ހޯދައިފި!
އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެ ފަސް އަހަރު ތެރޭގައި ފުރަތަަމަ ފަހަރަށް ޔުނައިޓެޑުން ތައްޓެއް ކާމިޔާބުކޮށްފިއެވެ.
26 Feb 2023
ސެމީ ފައިނަލުގައި މެލޭޝިޔާ ބަލިކޮށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ފައިނަލަށް!
މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު މެލޭޝިއާ ބަލިކޮށް ރާއްޖޭގެ އަންހެން ޓީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
25 Feb 2023
އެންމެ ފަހުގެ ޗެންޕިއަން ދުވާފަރު ބަލިކޮށް، ރ. އަތޮޅުގެ ޗެންޕިއަންކަން އިނގުރައިދޫ އިން ހޯދައިފި!
24 Feb 2023
ފައިނަލުގައި އިނގުރައިދޫ އާއި ދެކޮޅަށް ނުކުންނާނީ އިތުބާރާއިއެކު: ދުވާފަރު ޓީމުގެ މެނޭޖަރ
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ، ރ. އަތޮޅު ލީގު ބުރުގެ ފައިނަލްގައި މާދަމާ ހަވީރު އިނގުރައިދޫ އާއި ދެކޮޅަ ނުކުންނަ މެޗަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި ފައިނަލް މެޗަށް ނުކުންނާނީ އިތުބާރާއިއެކު ކަމުގައި ދުވާފަރު ޓީމުން ބުނެފިއެވެ.
24 Feb 2023
ބާސެލޯނާ ބަލިކޮށް ޔުރޮޕާ ލީގުގެ ދެވަނަ ބުރުން ޔުނައިޓެޑު ޖާގަ ހޯދައިފި!
24 Feb 2023
ސްޕެއިންގެ ޤައުމީ ޓީމުން ބޭރުކޮށްލުމުން ރާމޯސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި!
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރ އަދި ސްޕެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ، ޑިފެންޑަރު ސާޖިއޯ ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.
23 Feb 2023
އިންޓަރ ސްކޫލް ބެޑްމިންޓަން ޗެންޕިއަންސް ލީގުގައި 10 ސްކޫލަކުން ބައިވެރިވެއްޖެ!
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން 2023 ފެބުރުއަރީ 27 ން 2023 މާރިޗު 03 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ބެޑްމިންޓަން ޗެންޕިއަންސް ލީގުގައި ބައިވެރިވުމުގެ ސުންގަޑި މިއަދުގެ 12:00 އަށް ހަމަވިއިރު މި މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 10 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.
23 Feb 2023
ލައިޕްޒިގް އާއި އެއްވަރުވެ މެންޗެސްޓަރ ސިޓީ ޕްރެޝަރަށް!
ޔުއެފާ ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަންގެ އާރްބީ ލައިޕްޒިގް އާއި އިގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ވަދާކުރި މެޗު 1-1 ގެ ނަތީއްޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
23 Feb 2023
ފަހުވަގުތު ލުކާކޫ ކާމިޔާބުކޮށްދިން ލަނޑުން ޕޯޓޯ އަތުން އިންޓަރ މިލާން މޮޅުވެއްޖެ!
ޔުއެފާ ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާއި ވާދަކޮށް 1-0 ގެ ނަތީއްޖާއަކުން އިޓަލީގެ އިންޓަރ މިލާން މޮޅުވެއްޖެއެވެ.
22 Feb 2023
ދުވާފަރު އަތުން މޮޅުވެ އިނގުރައިދޫ ލީގު ބުރު ނިންމާލީ އެއްވަނައިގައި!
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ، ރ. އަތޮޅު ލީގު ބުރުގެ ފަހު މެޗުގައި މިރޭ އިނގުރައިދޫއާއި ދުވާފަރު ވާދަކުރި މެޗު 5-1 ގެ ނަތީއްޖާއަކުން އިނގުރައިދޫ ކާމިޔާބުކޮށްފިއެވެ.
22 Feb 2023
އަވައްޓެރި ދުވާފަރާ ދެކޮޅަށް އިނގުރައިދޫ މިރޭ ނިކުންނަނީ ލީގު ބުރުގެ އެއްވަނަ ޔަގީންކުރަން!
އަވައްޓެރި ދުވާފަރާ ދެކޮޅަށް އިންގުރައިދޫ މިރޭ ނިކުންނަނީ
21 Feb 2023
ހދ.އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ އިން 5 ވަނަ ފަހަރަށް ހޯދައިފި!
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލުގައި 1-0 ގެ ނަތީއްޖާއަކުން ނޭކުރަންދޫ ބަލިކޮށް، ހދ އަތޮޅުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ނައިވާދޫ އިން ހޯދައިފިއެވެ.
21 Feb 2023
ފަހަތުން އަރާ ފިއްލަދޫ ބަލިކޮށް ހއ. އަތޮޅު ޗެންޕިއަންކަން އުތީމަށް!
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ހއ. އަތޮޅުގެ ފައިނަލުގައި ފިއްލަދޫ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށް މުބާރާތުގައި އަލަށް ވާދަކުރި އުތީމުން އަތޮޅު ޗެންޕިއަންކަން ހޯދައިފިއެވެ.
20 Feb 2023
ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއި އެކު ބާސާ ލީޑު ފުޅާކޮށްފި!
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ކާޑިޒް އާއި ވާދަކުރި މެޗު 2-0 ގެ ނަތީއްޖާއަކުން ކާމިޔާބުކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި އެޓީމުގެ ލީޑު 8 ޕޮއިންޓަށް ފުޅާކޮށްފިއެވެ.
19 Feb 2023
އިތުރު ވަގުތުގައި މެސީ ކާމިޔާބުކުރި ލަނޑުން ޕީއެސްޖީއަށް 7 ޕޮއިންޓުގެ ލީޑެއް!
ފުރާންސް ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ލިލް އާއި ވާދަކޮށް 4-3 ގެ ނަތީއްޖާއަކުން މޮލުވެ ޕީއެސްޖީ އިން ލީގުތާވަލު ކުރީގައި 7 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
19 Feb 2023
ސަންޗޯ އާއި ރަޝްފޯޑްގެ ލަނޑުތަކުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް!
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ 3-0 ގެ ނަތީއްޖާއަކުން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ވާދަވެރި ސިޓީއާއި ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
19 Feb 2023
އެސްޓަން ވިލާ ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް!
އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި އެސްޓަން ވިލާ އާއި ވާދަކޮށް 4-2 ގެ ނަތީއްޖާއަކުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއްނަގައިފިއެވެ.
18 Feb 2023
ރޮނާލްޑޯގެ އެހީތެރިކަމާއެކު އަލް ނަސްރު އެއްވަނައަށް!
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލްޠާވޫން އާއި ވަދަކޮށް 2-1 ގެ ނަތީއްޖާއަކުން މޮޅުވެ އަލް ނަސްރު އިން ލީގުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.
17 Feb 2023
އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް މުހައްމަދު ނަޖާހު (ކަނބޯ) ޗެމްޕިއަންކަން ހޯދައިފި!
ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ 2023ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް، މުހައްމަދު ނަޖާހު (ކަބޯ) ޗެމްޕިއަންކަން ހޯދައިފި އެވެ.