މެލޭޝިޔާ އަތުން މޮޅުވެ ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ/ ފޮޓޯ:ސިޑިބަރި.އެމްވީ
ކުޅިވަރު
26 Feb 2023 | 21:54
ސެމީ ފައިނަލުގައި މެލޭޝިޔާ ބަލިކޮށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ފައިނަލަށް!

މިހާރު ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު މެލޭޝިއާ ބަލިކޮށް ރާއްޖޭގެ އަންހެން ޓީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެލޭޝިޔާ އަތުން މޮޅުވެ ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ/ ފޮޓޯ: ސިޑިބަރި އެމްވީ

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު ފޯރިގަދަ މެޗު ނިމިގެން ގޮސްފައި ވަނީ 3-2 ސެޓުން ރާއްޖެ މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25-23 އިންނެވެ.

މެލޭޝިޔާ އަތުން މޮޅުވެ ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ/ ފޮޓޯ: ސިޑިބަރި އެމްވީ

ނަމަވެސް ދެވަނަ ސެޓްގައި މެލޭޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށް 17-25 ސެޓް ކާމިޔާބު ކޮށްފައެވެ. މެޗުގެ ތިންވަނަ ސެޓްގައި ވެސް ދެ ޓީމްގެ ފަރާތުން ބޮޑު ވާދަވެރި ކަމެއް ފެނިގެންދިޔައިރު، ތިންވަނަ ސެޓް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25-23 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓްގައި ގިނަ ވަގުތު ތަކުގައި މެލޭޝިއާ ޓީމް ފެނުނީ ވަރުގަދަ ކޮށެވެ. ނަތީޖާއެއްގެ ގޮތުން މެލޭޝިއާއިން ވަނީ ހަތަރުވަނަ ސެޓް 21-25 އިން ކާމިޔާބު ކޮށްފައެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓްގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި 15-9 އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

މިއީ ރާއްޖޭގެ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އަންހެން ވޮލީ ޓީމު ވަނީ ކުޅެއެވެ.

ރާއްޖޭގެ އަންހެން ޓީމް ފައިނަލުގައި މާދަމާ ހަވީރު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:30 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.