ބުކަޔޯ ސަކާ
ކުޅިވަރު
19 Feb 2023 | 03:07
އެސްޓަން ވިލާ ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް!

އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި އެސްޓަން ވިލާ އާއި ވާދަކޮށް 4-2 ގެ ނަތީއްޖާއަކުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއްނަގައިފިއެވެ.

މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެސްޓަން ވިލާ ލީޑު ނަގައިދިނީ އިގިރޭސި ފޯވާޑް އޮލީ ވޮޓްކިންސް އެވެ. މިއީ އެޓީމުގެ ޕޮލެންޑް ޑިފެންޑަރ މެޓީ ކޭޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ފާހުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރަމުން ދިޔަ, އާސެނަލްއަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނި ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ބުކަޔޯ ސަކާއެވެ.

ފިލިއްޕޭ ކުޓީނިއޯ ލަނޑުޖެހުމަށް ފަހު އެޓީމުގެ ކުޅުންތެރިނއނާއި އެކު އުފާ ފާޅުކުރަނީ

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓަން ވިލާ އިން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. މި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރ ފިލިއްޕޭ ކުޓީނިއޯ އެވެ. މިއީ އެޓީމުގެ ސްޕެނިޝް ޑިފެންޑަރ އެލެކްސް މޮރޭނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން އާސެނަލް އިން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީއްޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ޒިންޗެންކޯ އާސެނަލްއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިން އިރު އާސެނަލް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނީ ދެވަނަ ހާފުގެ އިތުރު ވަގުތުތެރޭގައި އެސްޓަން ވިލާ ކީއްޕަރު މާޓިނޭޒު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި އެޓީމުގެ ފަހު ލަނޑު އިތުރު ވަގުތުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ފޯވާޑް ގެބްރިއަލް މާޓިނެލީ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 23 މެޗުން އެޓީމަށް ވަނީ 54 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް 23 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. މި މެޗުން ބަލިވި އެސްޓަން ވިލާ މިވަގުތު އޮތީ 23 މެޗު ކުޅެގެން ލިބުނު 18 ޕޮއިންޓާއެކު ލީގު ތާވަލުގެ އެގާރަ ވަނައިގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.