މެސީ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
19 Feb 2023 | 23:03
އިތުރު ވަގުތުގައި މެސީ ކާމިޔާބުކުރި ލަނޑުން ޕީއެސްޖީއަށް 7 ޕޮއިންޓުގެ ލީޑެއް!

ފުރާންސް ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ލިލް އާއި ވާދަކޮށް 4-3 ގެ ނަތީއްޖާއަކުން މޮލުވެ ޕީއެސްޖީ އިން ލީގުތާވަލު ކުރީގައި 7 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުހޯދީ ޕީއެސްޖީ އިންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ބުރެޒިލްގެ ފޯވާޑް ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އަަދި އޭގެ ހަ މިނެޓު ފަހުން ނޭމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިލް އިން ލަނޑެއްކާމިޔާބުކޮށް ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރ ބަފޮޑޭ ޑައިކައިޓް އެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއްފެނިގެންދިޔައިރު މިހާފުގައި ގިނައިރު ބޯޅަގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ލިލް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ގެ ނަތީއްޖާއަކުން ޕީއެސްޖީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި ލިލް އިން އެޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެނަޑާ ފޯވާޑް ޖޮނަތަން ޑޭވިޑް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ. އަދި 69 ވަނަ މިނެޓުގައި ފުރާންސްގެ ފޯވާޑް ޖޮނަތަން ބަމްބާ ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް ލިލް އަށް ލީޑު ހޯދައިދީފައެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރ އަންދްރޭ ގޯމޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާގައި ބަޔާން މިއުނިކް އަތުން ބަލިވި ޕީއެސްޖީއަށް ނަތީއްޖާ އެއްވަރުކޮށްދިނީ ސްޕެއިންގެ ޑިފެންޑަރ ޖުއާން ބާނަޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އެމްބާޕޭ އެވެ. މިއީ މިސީޒަނުގައި ލީގު މެޗެއްގައި އޭނާ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. އަދި މި މެޗުން ޕީއެސްޖީ މޮޅިވި ލަނޑު 90 މިނެޓުގެ ކުޅުން ހަމަވެ އިތުރަށް ދެއްކި 7 މިނެޓުގެ ތެރެއިން ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީ އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 24 މެޗުން ޕީއެސްޖީއަށް ވަނީ 57 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މޮނާކޯއަށް 24 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ލިލްއަށް 24 މެޗުން ލިބުނު 41 ޕޮއިންޓާއި އެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 6 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.